[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ލައިލަތުލް ޤަދްރި އެކި ޤައުމުތަކުގައި ތަފާތުވޭ ހެއްޔެވެ؟

ހުރިހާ މުސްލިމުންނަށްވެސް ލައިލަތުލް ޤަދްރިއަކީ އެއްރެއެއް ހެއްޔެވެ؟ ނުވަތަ ތަފާތު ޤައުމުތަކުގައި އެރޭ ތަފާތުވޭ ހެއްޔެވެ؟

 

 

الحمد لله                 

ތަފާތު ޤައުމުތަކުގައި ތަފާތު ވަޤުތުތަކުގައި ފެށުނުކަމުގައިވިޔަސް އެއީ އެއްރެއެކެވެ. ޢަރަބި ޤައުމުތަކަށް އިރުއޮއްސުމުން އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އަދި އެފްރިކާއަށް އިރުއޮއްސުމުން އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އަދި އެހެން ޤައުމުތަކަށްވެސް ވަނީ ހަމައެފަދައިންނެވެ. (ރޭދުވާ ބަދަލުވުމުގައި) ވިހި ގަޑިއިރަށްވުރެ ގިނަވީކަމުގައިވިޔަސް ޤައުމަކަށް އިރުއޮއްސުމާއެކު އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އެހެންކަމުން އެއްބަޔަކަށް އެބައިމީހުންގެ ރޭގަނޑަކީ ލައިލަތުލް ޤަދްރިއެވެ. އަދި އަނެއްބަޔަކަށް އެބައިމީހުންގެ ރޭގަނޑު އެއީ ލައިލަތުލް ޤަދްރިއެވެ. މަލާއިކަތުންނަށް އެއްބައެއްގެ ގާތަށް ފައިބާވަޑައިގަންނަވާފައި އަނެއްބައެއްގެ ގާތަށް ފައިބާވަޑައިނުގެންނެވެންވީ ސަބަބެއް ނެތެވެ.

والله أعلم

ސަމާޙަތުއްޝައިޚު ޢަބްދުﷲ ބިން ޖިބްރީން(رحمه الله)

________________________________________________

މިފަތުވާގެ އަޞްލު ބައްލަވާ:  ލިންކު1 (އިނގިރޭސި)، ލިންކު2 (ޢަރަބި)