[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މިސްކިތެއްގައި ނަމާދުކުރާއިރު އިމާމުމީހާ ފެނުން އެއީ ޝަރުޠެއްތަ؟

 

ސުވާލުކުރާމީހާ: … ޝައިޚުއެވެ. މިސްކިތްދެބުރިއަށް ނަގާފައިހުރިނަމަ ފަހެ ދެވަނަ ބުރީގައި ހުރިމީހާއަށް އިމާމުމީހާ ނުވަތަ މައުމޫމުންގެ ތެރެއިން ބަޔަކުމީހުން ފެނުން ޝަރުޠެއްވެގެންވޭހެއްޔެވެ؟

ޝައިޚު: ބޮޑަށް ބުރަވެވެނީ ހަމަކަށަވަރުން އެއީ ޝަރުޠެއް ނޫންކަމަށެވެ. އެހެނީ އެތަނަކީ މިސްކިތަށް ތަބާވާ މިސްކިތުގެ ބަޔަކަށްވާތީއެވެ. އޭގެ މިޘާލެއްގެ ގޮތުން މިސްކިތްތެރޭގައި އެކަހެރިވެވޭ ގޮތަށް ހުންނަތަންތަނަކީވެސް އެތަނަށް އަޑު ފޯރާނަމަ މިސްކިތަށް ތަބާވާ މިސްކިތާ އިންވެގެންވާ ތަންތަނެވެ.

ސުވާލުކުރާމީހާ: އަޑު ފޯރާނަމަ އިމާމުމީހާ ނުވަތަ މައުމޫމުންގެ ތެރެއިން ބަޔަކު ނުފެނުނަސް ފުދޭނެ ހެއްޔެވެ؟

ޝައިޚު: ފުދޭނެއެވެ. އެއީ މިސްކިތާ ތަބާވާ ތަނަކަށް ވާނަމައެވެ. މިސްކިތުގެ މަތީގައި ނުވަތަ މިސްކިތްތެރޭގައި އެކަހެރިވެވޭ ގޮތަށް ހުންނަތަންތަންވެސްއެވެ.

ސަމާޙަތުއް ޝައިޚު ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله

________________________________

މިލިޔުމުގެ އަޞްލު ބައްލަވާ ޢަރަބިބަހުން: ލިންކު