[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖްތިހާދުކުރުން 1

الحمد لله والصلاة والسلام على رسول الله وبعد:

ޢަރަބިބަހުގައި އިޖްތިހާދަކީ: އުނދަގޫކަމެއް ޙާޞިލުކުރުމަށްޓަކައި ބުރަ މަސައްކަތްކުރުމެވެ.

އިޞްޠިލާޙީގޮތުން އިޖްތިހާދަކީ: ޝަރުޢީ ޙުކުމްދެނެގަތުމަށްޓަކައި ބުރަ މަސައްކަތްކުރުމެވެ.

އިޖްތިހާދުކުރުމުގެ ޝަރުޠުތައް:

1 އިޖްތިހާދުކުރުމަށް އެނގެންބޭނުން ޝަރުޢީ ދަލީލުތައް އެނގެންޖެހޭނެއެވެ. އެއީ ޙުކުމްތައް ބަޔާންކުރެވިފައިވާ އާޔަތްތަކާއި ޙަދީޘްތަކެވެ.

2 ޙަދީޘްއެއް ޞައްޙަވުމާއި ޟަޢީފްވުމާއި ގުޅުންހުރި ކަންތައްތައް އެނގެން ޖެހޭނެއެވެ. އެއީ މިޘާލަކަށް: ސަނަދުތައް އެނގުމާއި ޙަދީޘްރިވާކުރާމީހުން އެނގުންފަދަ ކަންތައްތަކެވެ.

3 ނާސިޚު މަންސޫޚުއާއި އިޖުމާޢުވެފައިވާ ކަންތައްތައް އެނގެން ޖެހޭނެއެވެ. އެއީ ޙުކުމްކުރާއިރު މަންސޫޚުވެފައިވާކަމަކަމަށް ޙުކުމްނުކުރުމަށާއި އިޖުމާޢުއާ ޚިލާފަށް ޙުކުމްނުކުރުމަށެވެ.

4 ދަލީލުތަކުގެ ތެރެއިން އޭގެ ސަބަބުން ޙުކުމް ބަދަލުވާކަންތައް އެނގެން ޖެހޭނެއެވެ. އެއީ تخصيصކުރާ އަދި تقييدކުރާ ފަދަ ތެކެއްޗެވެ. އެއީ އެއާ ޚިލާފަށް ޙުކުމްނުކުރުމަށެވެ.

5 ޢަރަބިބަހާއި އުޞޫލުފިޤުހު އެނގެންޖެހޭނެއެވެ. އެއީ ލަފުޒުތަކުން ދަލާލަތުކުރާކަންތައްތައް ދެނެގަތުމަށެވެ. މިޘާލަކަށް العامއާއި  الخاص، المطلقއާއި المقيد، المجمل އާއިالمبين ފަދަ ތަކެއްޗެވެ. އެއީ އެދަލާލަތުކުރާގޮތަށް ޙުކުމްކުރުމަށްޓަކައެވެ.

6 ޙުކުމްތައް އޭގެ ދަލީލުތަކުން އިސްތިންބާޠުކުރުމުގެ ކުޅަދާނަކަން އޭނާގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

_____________________________

މިއީ “އުޞޫލު އައްސިއްތާ” ގެ ޝަރަހައިގައި ފަޟީލަތުއްޝައިޙު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން  رحمه الله ގެންނަވާފައިވާ މައުޟޫއެއްގެ ތަރުޖަމާއެވެ. [شرح أصول الستة / ص: ١٨١-١٨٤ / طبعة: دار الثريا للنشر.]

އިޖްތިހާދުކުރުން