[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ ދޭމީހާގެ ޞިފަތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

އަބޫ ޢަބްދިﷲ އިބްނި ބައްޠާ، އެކަލޭގެފާނުގެ ” الخلع ” އޭ ކިޔުނުފޮތުގައި އިމާމް އަޙްމަދުގެ އަރިހުން ނަޤުލުކޮށް ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ފަސް ޞިފައެއް ހަމަވުމުގެކުރިން، ފަތުވާ ދިނުމަށްޓަކައި އެމީހެއްގެ ނަފްސު ޢައްޔަނުކުރުން އެކަށީގެންނުވެއެވެ.”

ފުރަތަމައީ: އެކަމުގައި [ރަނގަޅު] ނިޔަތެއް އޮންނަން ޖެހޭނެއެވެ. [ރަނގަޅު] ނިޔަތެއްނުވާނަމަ އޭނާގެ ކިބައިގައި ނޫރެއް ނުވާނެއެވެ. އަދި އޭނާގެ ވާހަކައިގައިވެސް ނޫރެއް ނުވާނެއެވެ.

ދެވަނައީ: އޭނާގެ ކިބައިގައި ޢިލްމާއި ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ހަމަޖެހުން ހުންނަންވާނެއެވެ.

ތިންވަނައީ: އޭނާ އެހުރި ކަމެއްގެ މަތީގައި [ޢިލްމުގެ މަތީގައި] ޘާބިތުވެ އެކަން މަޢުރިފާކޮށްގަތުމުގައި ވަރުގަދަވާންޖެހޭނެއެވެ.

ހަތަރުވަނައީ: ފުދުންތެރިވާންވާނެއެވެ. ނޫންނަމަ މީސްތަކުންގެފުށުން އޭނާއަށް އަޘަރުކޮށްފާނެއެވެ.

ފަސްވަނައީ: މީސްތަކުންގެ ކަންތައް ރަނގަޅަށް ދަންނަމީހަކަށް ވާންޖެހޭނެއެވެ.

މީގެން ދަލާލަތުކުރަނީ ޢިލްމާއި މަޢްރިފާކުރުމުގައި އިމާމް އަޙްމަދުގެ ޤަދަރެވެ. ފަތުވާދިނުމަށް ބޭނުންވާ އެންމެ އަސާސީ ފަސްކަމަކީ މިއީއެވެ. ފަތުވާދޭ މީހާގެ ކިބައިގައި މިއިން ކަމެއް މަދުވެއްޖެނަމަ، އެކަމެއް މަދުވި ވަރަކަށް އޭނާގެ ކިބައިން އެކަމުގެ ޢައިބު ފެންނާނެއެވެ.

_______________________________

“ބައްލަވާ އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ أعلام الموقعين  [މިނުކުތާތަކަކީ ޚުލާޞާކޮށް އެފޮތުން ނެގިފައިވާ ނުކުތާތަކެކެވެ.]