[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހަތަރު ޤަވާޢިދު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަލްޤަވާޢިދުލް ޢަރްބަޢު (ހަތަރު ޤަވާޢިދު) އަކީ ޝައިޚުލް އިސްލާމްގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ. ލަފްޡީގޮތުން ބަލާއިރު ޤަވާޢިދުލް އަރްބަޢުގެ މާނައަކީ ހަތަރު ޤާޢިދާއެވެ. ޤަވާޢިދަކީ ޤާއިދާގެ ޖަމްޢުއެވެ. އޭގެ މާނައަކީ ބިންގާ ނުވަތަ އަޞްލެވެ. މި ރިސާލާގައި އިމާމު ބަޔާންކުރައްވާފައިވަނީ އިސްލާމްދީނުގެ މަތިވެރި ބައެއް އަޞްލުތަކެވެ.

މި ޤަވާޢިދުތަކުގައި އެކުލިވެގެންވަނީ މައިގަނޑު ގޮތެއްގައި ތައުޙީދު ދެނެގަންނާނޭގޮތާއި ޝިރުކު ދެނެގަންނާނޭގޮތެވެ. މި ޤަވާޢިދުތައް ޝައިޚް ނަންގަވާފައިވަނީ ކީރިތި ޤުރުއާނުންނާއި މޫރިތި ސުންނަތުންނެވެ.

ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ “ޤަވާޢިދުލް އަރްބަޢު”ގެ މަންފާ އަހަރެމެންނަށް ފޯރުކޮށްދެއްވާ، އަހަރެމެންނަކީ ތައުޙީދު މަޢުރިފާކޮށް ދެނެގަނެ، ﷲ އެއްކައުވަންތައްކޮށް، އަދި ޝިރުކު ދެނެގަނެ އޭގެން ދުރުހެލިވާ ބައެއް ކަމުގައި ލައްވާ، ﷲ ގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވާ ޢަމަލެއްކަމުގައި މި ތަރުޖަމާ ލެއްވެވުމެވެ. އާމީން!

ފޮތުގެ ނަން:  ހަތަރު ޤަވާޢިދު

ތަރުޖަމާކުރީ:  މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ޞަފްޙާގެ ޢަދަދު: 11 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1.90 MB

 

 

ފޮތް ޑައުންލޯޑުކުރައްވާ