[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ސަޢުޔެއްވެސް ކުރަންޖެހޭ މީހަކު، ހަމައެކަނި ޠަވާފުކޮށްގެން ސަޢުޔުނުކޮށް މަސްޖިދުލްޙަރާމްއިން ނުކުތުން

(ސ 522) ސަޢުޔެއްވެސް ކުރަންޖެހޭ މީހަކު، ހަމައެކަނި ޠަވާފުކޮށްގެން ސަޢުޔުނުކޮށް [މަސްޖިދުލްޙަރާމްއިން] ނުކުމެތުމަށްފަހު ދެން އޭނާ ސަޢުޔެއްވެސް ކުރަންޖެހޭނެކަން އެނގުންނަމަ، އޭނާ ކުރަންޖެހޭނީ ހަމައެކަނި ސަޢުޔުހެއްޔެވެ. ނުވަތަ އަލުން ޠަވާފުވެސް އިޔާދުކުރުން އޭނާއަށް ލާޒިމުވާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޖަވާބު: ސަޢުޔުކުރަންނުޖެހޭނެކަމަށް ހިތުލައި، މީހަކަ ޠަވާފުކޮށްފިނަމަ ދެން އޭނާ ސަޢުޔުވެސް ކުރަންޖެހޭނެކަން އޭނާއަށް ބުނެދެވިއްޖެނަމަ ފަހެ އޭނާގެ މައްޗަށް އޮތީ ހަމައެކަނި ސަޢުޔެއް ގެނެސްގަތުމެވެ. އަދި ޠަވާފު އިޢާދަކުރުމުގެ ބޭނުމެއްނެތެވެ.

މީހަކު ސަޢުޔުކުރުން ޠަވާފަށްވުރެ ފަސްކުރީ ޤަޞްދުގައިކަމަށް އަޅުގަނޑުމެން ބަލަމާ ހިނގާށެވެ. ފަހެ އެޙާލަތުގައިވެސް އެއީ މައްސަލައެއްނޫނެވެ. ނަމަވެސް އެންމެ އިތުރުގޮތަކީ ޠަވާފާ ވިދިގެން ސަޢުޔުކުރުމެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٥٥٨- ٥٥٩/ طبعة: دار الثريا للنشر

އެހެނިހެން ފަތުވާތައް