[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް)2

އަދި އަންނަނިވި ޙަދީޘްއާ މެދު ދަންނައެވެ. މިއީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިކަމަށް އެކަލޭގެފާނަށް ނިސްބަތްކޮށް އުޅޭ ޙަދީޘްއެކެވެ. އެ ޙަދީޘް ގައި ވާގޮތުން ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރެއްވިއެވެ.

((اللهُمَّ إِنَّكَ أَخْرَجْتَنِيْ مِنْ أَحَبِّ البِلَادِ إِلَيَّ، فَأَسْكِنِّيْ فِيْ أَحَبِّ البِلَادِ إِلَيْكَ))

މާނައީ: “އޭ ﷲ! ހަމަކަށަވަރުން މިއަޅާއަށް  އެންމެ ލޮބުވެތިކަން ބޮޑު ބިމުން (އެބަހީ: މައްކާއިން)، އިބަ އިލާހު މިއަޅާ ނެރުއްވައިފީމުއެވެ. ފަހެ އިބައިލާހުގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމުގައި (އެބަހީ: މަދީނާގައި) މިއަޅާ ވަޒަންވެރި ކުރައްވާފާންދޭވެ.”

މިއީ މައުޟޫޢު [އެބަހީ: މީހަކު ހަދާފައިވާ) ޙަދީޘްއެކެވެ. އަދި މިޙަދީޘްގެ މާނަ ހަމައެއްނުޖެހެއެވެ. އެހެނީ މިޙަދީޘުން ދޭހަކޮށްދޭ ގޮތުން ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިވެގެންވާކަމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއްނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެން ދަންނަފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަންކަމަކީ، ހަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައިވެސް އެންމެ  ލޮބުވެތިކަންބޮޑު ކަންކަމެވެ.

މަދީނާގެ މާތްކަމާއި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތަކާ ބެހޭގޮތުން ކުޑަފޮތެއް ލިޔުމަކީ ރަނގަޅުކަމެއްކަމުގައި ދެކި އަޅުގަނޑު މިފޮތްލިޔަމެވެ. ފަހެ އެންމެ ފުރަތަމަ އަޅުގަނޑު ޛިކުރުކޮށްލާނީ ޖުމްލަ ގޮތެއްގައި އެތާގެ މާތްކަމެވެ. ދެން އެއަށްފަހު ޖުމްލަގޮތެއްގައި އެތާ ދިރިއުޅުމުގެ އަދަބުތަކެވެ. ދެން އެއަށްފަހު އެތާ ދިރިއުޅުމުގެ އަދަބުތަކެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް