[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ރޯދަމަހު ޙައިޟުވާންފެށުން

 ސުވާލު: ޒުވާން އަންހެން ކުއްޖަކު އަލަށް ޙައިޟުވިއެވެ. އަދި އޭނާއަށް ނޭނގި ޙައިޟުގެ ދުވަސްވަރު އޭނާ ރޯދަހިފިއެވެ. ފަހެ އޭނާގެ މައްޗަށް ވާޖިބުވަނީ ކޮންކަމެއްހެއްޔެވެ؟

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޖަވާބު: ޙައިޟުގެ ދުވަސްވަރު ހިފިރޯދަތައް ޤަޟާކުރުން އޭނާއަށް ވާޖިބުވާނެއެވެ. އެހެނީ ޙައިޟުގެ ދުވަސްވަރު ހިފާރޯދަ ޞައްޙައެއްނުވާނެއެވެ. އަދި ޤަބޫލެއްވެސް ނުވެވޭނެއެވެ. އެއީ އޭނާއަށް ނޭނގިކުރެވުނު ނަމަވެސްއެވެ. އެހެނީ ޤަޟާކުރުމުގައި ވަކިދުވަސްވަރެއްނުވެއެވެ.

އަދި މީގެ އިދިކޮޅަށްވެސް ކަންތައް ދިމާވެއެވެ: އަންހެން ކުއްޖަކު ހަގު ޢުމުރެއްގައި ޙައިޟުވަނީއެވެ. ފަހެ އެކަމާ ލަދުން އާއިލާ މީހުން ގާތުނުބުނެ ރޯދަތައް ދޫކޮށްލަނީއެވެ. އެހެންކަމުން އޭނާ އެގޮތަށް މަހެއްގެ ރޯދަދޫކޮށްލައިފިނަމަ، މަހެއްގެ ރޯދަ ޤަޟާކުރަންޖެހޭނެއެވެ. އެހެނީ ޙައިޟުވުމުން އޭނާ ތަކުލީފުޖެހިގެންވާ މީހަކަށް ވާނެއެވެ. އެހެނީ ޙައިޟުވުމަކީ ބާލިޣުވުމުގެ އެއް ޢަލާމަތެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

[فتاوى أركان الإسلام / ص: ٤٥٥ / طبعة: دار الثريا للنشر]