[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ކަޢުބާގެ އުރަކޮޅުގައި ބީހުން

(ސ 506) ކަޢުބާގެ އުރަކޮޅުގައި ބީހުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

[ކަޢުބާގެ އުރަކޮޅުގައި ބަރަކާތްވާކަމަށްހީކޮށް] އޭގެން ބަރަކާތް ޙާޞިލުކުރަން އުޅެ، އަދި އޭގައި ބީހުމަކީ ބިދުޢައެކެވެ. އެހެނީ އެކަމަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާ ކަމެއްނޫނެވެ.

މުޢާވިޔާ ބުން އަބީ ސުފްޔާން رضي الله عنه ކަޢުބާގެ ވަށައިގެން ޠަވާފުކުރެއްވުމަށްފަހު، ގެފުޅުގެ ހުރިހާ ރުކުނެއްގައި[އެބަހީ: ކަންތަކުގައި] ބީހުމުން، އެކަމަށް އިބްނު ޢައްބާސް رضي الله عنهما އިންކާރުކުރެއްވިއެވެ.

ފަހެ ޖަވާބުގައި މުޢާވިޔާ ވިދާޅުވިއެވެ. “ގެފުޅުގެ އެއްވެސް ތަނެއް ދުލެއްނުކުރެވޭނެއެވެ.” ފަހެ އެކަލޭގެފާނަށް ރައްދުދިނުމުގެ ގޮތުން އިބްނު ޢައްބާސް ވިދާޅުވިއެވެ. “ތިޔަބައިމީހުންނަށްޓަކައި ﷲގެ ރަސޫލާގެ ކިބައިގައި ރިވެތި ނަމޫނާއެއްވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޔަމާނިއްޔަ ދެރުކުނުގައި ބީހުނުތަން ތިމަން ދުށީމެވެ.” އެބަހީ: ރުކުނުލް ޔަމާނީއާއި ހަޖަރުލް އަސްވަދެވެ.

ކަޢުބާގައި ބީހުމުގައި ސުންނަތުން ޘާބިތުވެފައިވާ މިންވަރަށް އެކަންކުރުމަށް މިކަމުން ދޭހަވެއެވެ. އެހެނީ ﷲގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިގައިވާ ރިވެތި ނަމޫނާއަކީ މިއީއެވެ.

ހަޖަރުލް އަސްވަދާއި ކަޢުބާގެ ދޮރުކޮޅުގެ ދެމެދުގައިވާ ‘މުލްތަޒަމް’ އޭ ކިޔުނު ތަނާމެދު ދަންނައެވެ. ފަހެ ބައެއް ޞަޙާބީ ބޭކަލުން އެތަނުގެ ކައިރީގައި ކޮޅަށް ތިބެ ގިނައިރުތަކެއްވަންދެން ދުޢާކުރައްވަން ތިއްބެވިކަމަށް ވާރިދުވެފައިވެއެވެ. – رضي الله عنهم -.

والله أعلم.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٥٤٨/ طبعة: دار الثريا للنشر

އެހެނިހެން ފަތުވާތައް