[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 7

أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ -الأنبياء 83

ހަމަކަށަވަރުން، މިއަޅާޔަށް އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ، ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.

لاَ إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ-الأنبياء 87

އިބަ ﷲމެނުވީ، އިލާހަކު ނެތެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.

 رَبِّ لا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ-الأنبياء 89

އަޅުގެ ރައްބު! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.

رَبِّ احْكُمْ ‎بِالْحَقِّ وَرَبُّنَا الرَّحْمَنُ الْمُسْتَعَانُ عَلَى مَا تَصِفُونَ -الأنبياء 112

(މި އަޅާއާއި، މިބައިމީހުންނާދެމެދު) ޙައްޤުގޮތުގައި ޙުކުމްކުރައްވާނދޭވެ! އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) ވާގިވެރިވާފަރާތަކީ، އަޅަމެންގެ ރައްބު، ރަޙްމާންވަންތަ އިލާހެވެ.

رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ -المؤمنون 94

އަޅުގެ ރައްބު! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި މިއަޅާ ނުލައްވާނދޭވެ!

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ -المؤمنون 97

އަޅުގެ ރައްބު! ޝައިޠާނުންގެ ވަސްވާސްތަކުން ރައްކާތެރިކުރެއްވުމަށް އެދި، އިބައިލާހުގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.

وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ- المؤمنون 98

އަދި އަޅުގެ ރައްބު! އެ ޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުދާނެކަމަށްޓަކައި އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ – المؤمنون 109

އަޅަމެންގެ ރައްބު! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބައިލާހީ، ރަޙްމަތްލައްވާ އެންމެހެޔޮ އިލާހެވެ.

 رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ -المؤمنون 118

އަޅުގެ ރައްބު! ފާފަފުއްސަވައި ރަޙްމަތް ލައްވާނދޭވެ! އިބައިލާހީ، ރަޙްމަތް ލައްވާ، އެންމެހެޔޮ އިލާހެވެ.

(ނުނިމޭ)

*******************************************************

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 6

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 5

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް