[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަ ފުއްސެވޭކަންތައްތައް – 4

48787

ﷲ ޙަރާމް ކުރެއްވި ކަމެއް ކުރެވުމުން توبة ވުމަށްވުރެ ﷲ އަމުރު ކުރައްވާފައިވާ ކަމެއް ދޫކުރެވުމުން توبة ވުން މާބޮޑަށްވެސް މުހިއްމު ވެގެންވެއެވެ.

ޝައިޚުލްއިސްލާމު އިބުނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުން توبة ވަނީ ހަމައެކަނި އެމީހުންނަށް ފާޙިޝް ޢަމަލެއް ކުރެވުމުން ނުވަތަ އެފަދަ ކަމަކަށް އަރައިގަނެވޭފަދަ ކަމެއް ކުރެވުމުން ނުވަތަ އަތުންނާއި ދުލުން އަނިޔާވެރި ކަމެއް ކުރެވިއްޖެ ކަމުގައިވާނަމައެވެ. އެހެން ނަމަވެސް އެމީހެއްގެ އީމާންކަމާއި ގުޅިފައިވާ ފާޅުވެގެންވާ ނުވަތަ ވަންހަނާވެގެންވާ، ފާޙިޝްކަންތައްތަކަށްވުރެ ބޮޑެތި، ﷲ ތަޢާލާއަށާއި އެ އިލާހުގެ ރަސޫލާ އަށް ލޯބިވުންފަދަ ގަދައަށް އަމުރުވެގެންވާ ވާޖިބުކަމެއް ދޫކުރެވިއްޖެނަމަ، توبة ވުމުގައި ގިނަމީހުން ވަނީ ޣާފިލުވެގެންނެވެ. އެފަދަ ކަންތައްތަކުން توبة ވުމަށް ބޭނުންޖެހިފައިވާ ހާލުވެސްމެއެވެ. އެހެނީ، މިފަދަ ކަންތައްތަކަކީ ޙަޤީޤަތުގައި އީމާންކަމާއި ގުޅިފައިވާ ކަންތައްތައް ކަމަށްވެފައި، އޭނާކުރާ އެހެން ފާހިޝް ކަންތައްތަކަށްވުރެ މިކަމުގެ ގެއްލުން ބޮޑުވާ ކަންކަމަށްވާތީ މިފަދަކަންކަމުން توبة ވުން އެއީ މާ އަޢްލާވެގެންވާ ކަމެކެވެ. އަދި މިފަދަ ކަންތައް ތަކަކީ އެންމެ ބޮޑަށް އަމުރުވެވިގެންވާ، އަދި ކުރެވޭ އެންމެމަތިވެރި ހެޔޮކަންތައް ކަމުގައިވާތީވެސް މެއެވެ. ހަމަކަށަވަރުންވެސް توبة ވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ކޮންމެ ވަގުތެއްގައިވެސް توبة ވެގެންވާ ކަމެކެވެ. އެހެނީ އިންސާނާއަކީ އަބަދާއި އަބަދުހެން ﷲ އަމުރުކުރައްވާފައިވާ ކަންކަމަށް ފަރުވާކުޑަކުރެވި އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންކަމަށް ހުށަހޮޅިފައިވާ މީހެއްކަމުގައި ވާތީއެވެ. ވުމާއެކު އެފަދަ ހުރިހާ ކަމަކުން ދާއިމީ ގޮތެއްގައި توبة ވާން ޖެހޭނެއެވެ.

– ނުނިމޭ-
މި ލިޔުމުގެ އިތުރު ބައިތައް ވިދާޅުވުމަށް