[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 14

qurange sooraii thakuge maaiikann

ސޫރަތުލް ޒަލްޒަލާ އަދި ސޫރަތުލްކާފިރޫން

 

ޒަލްޒަލާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޟަޢީފް (ބަލިކަށި) ރިވާޔަތެއް:

1. ((“إذا زُلْزِلَتْ” تَعْدِلُ نِصْفَ القُرْآن)) [((ضعيف)) ضعيف الترغيب والترهيب / 889]

މާނައީ: “ސޫރަތުލްޒަލްޒަލާ، ކީރިތި ޤުރުއާނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރެވެ.”

ކާފިރޫން ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވ ބައެއް ޞައްޙަ ރިވާޔަތްތައް:

1. عَنْ فَرْوَةَ بْنِ نَوْفَلٍ، أَنَّهُ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: ((يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي، قَالَ: اقْرَأْ: “قُلْ يَا أَيُّهَا الكَافِرُون” فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ))… [((رواه الترمذي وصححه الألباني / 2709]

މާނައީ: މާތް ﷲ ރުއްސުންލެއްވި ފަރްވާ ބުން ނުއުފަލްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލެގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ((އޭ ﷲ ރަސޫލާއެވެ. ތިމަންކަލޭގެފާނު އެނދުގައި އޮށޯންނަހިނދު ކިޔާނެ އެއްޗެއް އުނގަންނަވައި ދެއްވާށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ‘ކަލޭގެފާނު ކާފިރޫން ސޫރަތް ކިޔަވައި ވިދާޅުވާށެވެ. ފަހެ އެއީ ޝިރުކުން ބަރީއަކޮށްދެވޭ ސޫރަތެކެވެ.’))

2. ((“قُلْ يَا أيُّهَا الْكَافِرُوْنَ” تَعْدِلُ رُبُعَ القُرْآن)) [رواه الترمذي وحسنه الألباني في سلسلة الأحاديث الصحيحة / 586 ]

މާނައީ: “ސޫރަތުލްކާފިރޫން، ޤުރުއާނުގެ ހަތަރުބައިކުޅަ އެއްބަޔާ އެއްވަރެވެ.”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ