[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެމަފިރިން

Hearts-of-Loveފިރިމީހާއާއި އަނބިމީހާއާއި ދެމީހުންނަކީ ދުނިޔޭގެ ޙަޔާތް ދެމީހުން އެކުއެކީ ވޭތުކުރަން ދިމާވެފައިވާ ދެމީހުންނެވެ. އެދެމެދުގައި ހުންނަންޖެހޭ އެކުވެރިކަމާއި ލޯބިވެރިކަމާ އިޚްލާޞްތެރިކަމާއި ގާތްކަމާ ސިއްރު، އެހެނިހެން ދޭދޭ މީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ ކަންކަމާ ވަރަށް ތަފާތެވެ. އަދި އެމީހުންގެ ދެމެދުގައި ހުންނަ ޙައްޤުތައް ހުރީ ދެމީހުންކުރެ ކޮންމެ މީހަކު އަނެކަކުގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ތަފާތު ޙައްޤުތަކާއި އަދި ދެމީހުން އެކުވާ ޙައްޤުތަކެކެވެ.

ކީރިތި ޤުރުއާންގެ ބައެއް އާޔަތުން މިދެންނެވި ޙައްޤުތައް ޖުމްލަވީ ގޮތެއްގައި ބަޔާންކޮށްދެއްވައެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ފުޅުތަކުން މިދެންނެވި ޙައްޤުތައް ތަފްޞީލްކޮށްދެއްވާ ބަޔާންކޮށްދެއްވައެވެ.  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ، وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ – البقرة: ٢٢٨

 މާނައީ: “ހެޔޮކަމުގެ ތެރެއިން ފިރިހެނުންނަށް އަންހެނުން އަދާކުރަންޖެހޭ ޙައްޤުތައްފަދަ ޙައްޤުތައް ފިރިހެނުންގެ ފަރާތުން އަންހެނުންނަށްވެސް ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް (އެބަހީ އެކަނބަލުންނަށްވުރެ މާތްއިތުރު) ދަރަޖައެއް ފިރިހެނުންނަށް ވެއެވެ.” މިއެވެ.

މިދެންނެވި ޙައްޤުތަކަކީ ދެމަފިރިވަންތަކަމުގެ ޙައްޤުތަކެވެ. ތިމާގެ އަނބިމީހާ އޭނާއާއި އެއްފެންވަރުގެ އަންހެނުންނަށް ޢާއްމުކޮށް ފިރެހެނުން ބަހައްޓާ ހެޔޮކަން ބެހެއްޓުމެވެ. އެއީ ކެއިންބުއިމާއި ފޭރާމާ ދެންވެސް އެބާވަތުގެ ހުރިހާކަމެއްގައެވެ. އަދި އަނބިމީހާވެސް ތިމާގެ ފިރިމީހާއަށްޓަކައި އެފެންވަރުގެ އެހެން އަންހެނުންނަށްވެސް ޢާއްމުކޮށް ފިރެހެނުންނަށް ބަހައްޓާ ހެޔޮކަން ބެހެއްޓުމެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލަހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

 أَلاَ إِنَّ لَكُمْ عَلَى نِسَائِكُمْ حَقًّا وَلِنِسَائِكُمْ عَلَيْكُمْ حَقًّا  (ރަވާހު އަޞްޙާބުއްސުނަނު)

  މާނައީ ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ އަނބީން އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އަދި ތިޔަބައިމީހުންގެ އަބީންނަށްޓަކައި ތިޔަބައިމީހުން އަދާކުރަންޖެހޭ ޙައްޤު ތަކެއްވެއެވެ. މިއެވެ.

އިސްވެދިޔަ އާޔަތުންނާއި އަދި ޙަދީޘުން ޞަރީޙަކޮށް އެނގެނީ ދެމަފިރިންކުރެ ކޮންމެ މީހަކަށް އަނެއްމީހާއަށް އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަވާކަމެވެ. މިދެންނެވި ޙައްޤުތައް ހުރީ ތިންބަޔަކަށެވެ. އެއްބަޔަކީ ދެމީހުން އެކުލެވޭ ޙައްޤުތަކަކާއި ފިރިމީހާއަށް ޚާޢްޞަ ކުރެވޭ ޙައްޤުތަކަކާއި އަނބިމިހާއަށް އެކަނި ޚާއްޞަކުރެވޭ ޙައްޤުތަކެކެވެ.

(ނުނިމޭ)