[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވުން

581259_403550576348806_1067858572_nފިރިމީހާގެ ގެޔާ އޭނާގެ ދަރިންނާ އަދި އޭނާގެ މުދަލާ ރައްކާތެރިކޮށް ބަލަހައްޓާ ހެދުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

وَالْمَرْءَةُ رَاعِيَةٌ عَلَي أَهْلِ بَيْتِ زَوْجِهَا وَوَلَدِهِ وَهِيَ مَسْئُوْلَةٌعَنْهُمْ(ޞަޙީޙުލް ބުޚާރީ 7138)

 މާނައީ: “އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ އަހުލު ވެރީންނާއި، އަދި ފިރިމީހާގެ ދަރިންގެ ކަންތައްތައް ބަލަހައްޓާ ވެރިއެކެވެ. އެމީހުންގެ ކަންތަކާމެދު އެކަނބުލޭގެ އާ ސުވާލުކުރެވޭނެއެވެ.” މިއެވެ. އަދި އެހެން ރިވާޔަތެއްގައި ވަނީ އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގެ ބަލަހައްޓާ ވެރިޔާއެވެ.” މިހެންނެވެ.

ކޮންމެއަކަސް ހުރިހާ ރިވާޔަތެއްވެސް ބަޔާންކޮށްދެނީ އަނބިމީހާ އޭނާގެ ފިރިމީހާގެ ގޭގެ ކަންތައް ބަލަހައްޓައި އެކަމާމެދު ފަރުވާތެރިވާންޖެހޭނެ ކަމަށެވެ. ފިރިމީހާގެ ދަރިންނާ ގޭގެ ތަކެއްޗާ ބަލަހައްޓަންވާނެ މީހަކީ އަނބިމީހާކަމެވެ. އެއިން އެއްޗެއް ހަލާކުވެއްޖެނަމަ އެއެއްޗެއް މަރާމާތުކޮށް ވެވެން އޮތްވަރަކުން އިޞްލާޙް ކުރުމީ އަނބިމީހާގެ ޥާޖިބެކެވެ. އަދި ދަރިންގެ ކަންތައް ބަރާބަރުކޮށް ދެންވެސް ގޭތެރޭގައި އުޅޭބައެއްގެ ޙާލު ބަލައި ހަދާންވާނެ މީހަކީ ހަމަ އަނބިމީހާއެވެ. މިއީ އިސްލާމް ދީނުގެ ޤަވާއިދެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދެވެ. ގޭތެރެއަށް ފިރިމީހާ ނުރުހޭމީހުން ނުވެއްދުމާ އަދި އޭނާގެ ތަންމަތީގައި އޭނާ ނުރުހޭމީހަކު ނުބެއިންދުމާ މިކަންކަމަކީވެސް އަނބިމީހާގެ ވާޖިބެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޡް  ކުރައްވާފައިވެއެވެ.

 فَحَقُّكُمْ عَلَيْهِنَّ أَنْ لاَ يُؤْطِئْنَ فَرَشَكُمْ مَنْ تَكْرَهُوْنَ وَلاَ يَأْذَنَّ فِي بُيُوْتِكُمْ لِمَنْ تَكْرَهُوْنَ

(ރަވާހުއްތިރުމިޛީ)

ޔަޢުނީ “ކަލޭމެންނަށްޓަކައި އަނބީން އަދާކުރާންޖެހޭ ޙައްޤުތަކުގެތެރޭގައި ކަލޭމެން ނުރުހޭމީހުން ކަލޭމެންގެ ތަންމަތީގައި ނުބޭތިއްބުމާ އަދި ކަލޭމެން ނުރުހޭމީހުން ކަލޭމެންގެ ގެތަކަށް ނުވެއްދުންވެސް މެއެވެ.” މިއެވެ.

އާދެ! މުސްލިމް އަންހެނުންނަށްވެސް މަސްއޫލިއްޔަތެއްވާކަމާ އެ މަސްއޫލިއްޔަތު ފިރިހެނުންގެ މަސްއޫލިއްޔަތާއި ތަފާތުވެގެންވާކަން ހަނދުމަފުޅު ކުރެއްވުން ހުއްޓެވެ.