[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ފަހުގެ “ވާރޝަން”

1102201113570ދުނިޔޭގެ އެކޮޅުމިކޮޅު ނުދަންނަ ވާނުވާނޭންގޭމީހުން ނުދަންނަނީ ހަމައެކަނި އެބައިމީހުންގެ ކަލަކުވާކަން އެކަންޏެއްނޫނެވެ. އެހެނެއްކަމަކު އެބައިމީހުން އެދައުވާކުރާ ދީނެއްގެ ޙަޤީގަތެއްވެސްއެބައިމީހުންނަކަށް ނޭނގެއެވެ. ޙަޤީގަތަކީ އެއީކަމުގައިވާތީވެއެކަމާމެދު ހައިރާންވާކަށްވެސް ނުޖެހެއެވެ.

ޤައުމު މުސްލިމްވެފައިއައިޑީކާޑު މުސްލިމުވުމަކުން އިސްލާދީނުގެ އަސްލުތައް އެމީހަކަށްއެނގޭނެކަމަށް ދެކުމަކީ ކުށްވިސްނުމެކެވެ. އަދި އެބީދައިން މީހަކުއިސްލާމްވާނަމަ އެއީވެސް އަޖައިބެކެވެ. އިންސާނުން އަތުން ލިޔުނުޤާނޫނުތަކުން ކޮންމެ ނަމެއްދިނަސް މުސްލިމުންނަކީ ވަކިބަޔެކެވެ. އަޤީދާގެގޮތުންނެވެ. އަޅުކަމުގެ ގޮތުންނެވެ. އަދި މުޢާމަލާތުގައިވެސް މެއެވެ. މިކަންވެސް ނުދަންނަނީ “ނަން” މުސްލިމްވެފައި ކަމުގައި ޔަހޫދީންނާއިނަޞާރާއިން ފަދަމީހުންނެވެ. އެބައިމީހުންނަށް އެނގޭނެއެވެ. އެބައިމީހުންގެއެކުވެރީންނަކީ އެއީއެވެ. އެމީހުންގެ އާދަކާދައާއި ވައްޓަފާޅިއާއިމުޢާމަލާތުތަކަށް ނުހަނު ފަރިތަވާނެއެވެ.
ބުއްދީގެ އަހުލުވެރިއިންސާނާއެވެ! ދީންތަކަށް އިޙްތިރާމޭ، އިންސާނީ ހައްޤުތަކޭ، ކިޔައިގެންމިކުޅޭ ފިކުރީ ކުޅިގަނޑު ފަތުރަމުންދާކަން ނޭނގޭ ބަޔަކީ އެފަދަފުރެދިފައިވާ ލީޑަރުންނަށް ކަނުކޮށް ތަބާވާމީހުންނެވެ. އެމީހުންނަށްފެންނަނީ “ބައިބަލް” އާއި އެނޫންވެސް އެހެންދީންތަކުގެ ފޮތްތަށްބަދަލުކޮށް، ޒަމާނަށް އެކަށީގެންވާ، އެމީހުން ރުހޭ ފަދަ “ވާރޝަން” ތައްނެރެމުންދާތަނެވެ. “ހެރީޕޮޓާ” ފަދަ ފިލްމުތަކުގެ ސިލްސިލާ ނުކުތްގޮތަށްނުވަތަ ޓެކްނޮލޮޖީގެ އައު “ވާރޝަން” ތައް ނުކުންނަމުންދާ ގޮތަށްއިސްލާމްދީނުގެ އައު “ވާރޝަން” ނުކުންނަން މިފަދަ މީހުން ބޭނުންވެއެވެ. އަދިއެކަމަށް އިންތިޒާރުވެސް ކުރެއެވެ. .
ރަސްމީ ސިފައެއްގައި އެމީހުންއެދޭފަދަ އާފޮތެއް ނެރެވިފައި ނެތަސް އެފަދަމީހުންވެސް އެމީހުންގެބައިގަނޑުގައި ޢިލްމުވެރިކަމުގެ މެޑެލް އަޅައިގެންތިބި ބަޔަކުވެސްގެންގުޅެމުންދެއެވެ. ފަހަރުގައި “ލިބަރަލް” ނުވަތަ “ސެކިޔުލަރ” ނުވަތަމިބާވަތުގެ ނަންތައް އެމީހުންނަށް ދެނީ އެހެންވީމަކަމުގައި ވެދާނެއެވެ.

 

ޔަޤީންވާ ކަމަކީ އެންމެކަމެކެވެ. 1400 އަހަރު ކުރިން ހަތް އުޑުމަތިން ﷲ ތަޢާލާ ވަނީ ބަދަލު ނުވާނެ ފޮތެއް ބާވައިލައްވާފައެވެ. އެ އިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޤިޔާމަތާހަމައަށް ދިމާވާނެ ހުރިހާ މައްސަލަތަކެއްގެޙައްލު ބުނެދެއްވާފައެވެ. އެއީ ނިދަން އުނދަގޫވުން ނުވަތަ ހަމައިގައިނުހުރުން ނުވަތަ މުރުތައްދުވުން ކަމުގައިވިޔަސްމެއެވެ. ޤަބޫލު ކުރަންޖެހޭހަޤީގަތަކީ އެންމެ ފަހުގެ “ވާރޝަން”އާ ދެކޮޅަށް އިންސީންނާ ޖިންނީންނުކުޅެދުނުކަމެވެ.