[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިރުވެރި ޤިޔާމަތް ދުވަސްވުމުގެ ޢަލާމާތްތަކުގެ ތެރެއިން 1

1220950422522379577_2c546b19f9
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއުއްމަތުގެ ފަހުގެ މީހުން އުއްމަތުގެ ފުރަތަމަކޮޅުގެ މީހުންނަށް ކިހައްޑިހަ ބަސްރައްދުކޮށް އެއްޗެހިކިޔުން

ފަހު ޒަމާން ފާޅުވުމާއެކުގައި އެތައްބާވަތެއްގެ ބިދުޢަތައް ފާޅުވާނެއެވެ. އަދި ފަހުޒަމާނުގެ އަހުލުވެރިން ކުރީގެ މީސްތަކުން އެބަހީ ޞަޙާބީންނަށް އެއްޗެހި ކިޔާ ލަޢުނަތްދީ ހަދާނެއެވެ. އަދި ޞަޙާބީ ބޭކަލުންގެ މާތްކަން އެބައިމީހުން ވަޒަނެއްނުކުރާނެއެވެ. އެބައިމީހުން ޞަޙާބީ ބޭކަލުންގެ މަތިވެރިކަމާއި އަދި އެބޭކަލުންގެ މަޤާމު ހަނދާން ނައްތާލާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޞަޙާބީ ބޭކަލުންގެ މައްޗަށް ރުއްސަވާ ވޮޑިގެން ބާވާލައްވާފައިވާ އާޔަތްތައް ހަނދާން ނައްތާލާނެއެވެ.

މިއުއްމަތުގެ ފަހުގެ މީހުން އުއްމަތުގެ ފުރަތަމަކޮޅުގެ މީހުންނަށް ކިހައްޑިހަބަސްތައް ރައްދުކުރާނެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“މިއުއްމަތުގެ ފަހުންއަންނަ މީހުން މިއުއްމަތުގެ ކުރީގެ މީސްތަކުންގެ މައްޗަށް ލައުނަތްދިނުމަށް ދާންދެން ޤިޔާމަތްނުވާހުއްޓެވެ.”
މިތަނުގައި އުއްމަތް ގެނެވިފައި އެވަނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އުއްމަތުގެ މާނައިގައެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲ.

މައިމީހާ އޭނާގެ ޞާހިބު މީޙާ ވިހެއުން

ޤިޔާމަތްވުމުގެ އެއްއަލާމާތަކީ އަޅު އަންހެނާ އޭނާގެ ޞާހިބުމީހާ ވިހެއުމެވެ. މިކަން ދިމާވަނީ މިނިވަންވެފައިވާ ފިރިހެނާ އަޅުއަންހެނާއަށް ލިބޭކުއްޖާ ބޮޑުވަނީ މިނިވަނެއްގެ ގޮތުގައެވެ. މިކުއްޖާ މިނިވަންކުއްޖެއްގެ ގޮތުގައި ބޮޑުވާއިރު އޭނާގެ ބައްޕައަކީ ކުރިއްސުރެ މިނިވަނެކެވެ. ނަމަވެސް އެކުއްޖާގެ މަންމަ އޭރުވެސް ވާނީ އަޅަކަށެވެ. އަދި އެ ހާލަތުގައި އޭނާވާނީ އޭނާގެ ދަރިފުޅުގެވެސް އަޅަކަށެވެ. ނުވަތަ ދަރިފުޅަކީ އޭނާގެ ސާހިބެއްފަދައެވެ.

ޤިޔާމަތް ވުމާއި ބެހޭގޮތުން ޖިބްރީލު ޢަލައިހިއް ސަލާމް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރައްވާފައިވާ މަޝްހޫރު ޙަދީޘްގައިވެއެވެ. ރަސޫލުﷲ ގެފާނުގެ ބަސްފުޅުގެ މާނައިގައިވެއެވެ. ” އަހަރެން ޤިޔާމަތްދުވަހުގެ އަލާމާތްތައް ބުނެދޭނަމެވެ. އެއީ އަޅުއަންހެނާ އޭނާގެ ޞާހިބުމީހާއަށް ވިހެއުމެވެ.”
އަދި މިތަނުގައި އެވާ ބަހުގެ މާނައަކީ އަޅުއަންހެނާ ރަސްކަލެއް ވިހެއުން ކަމަށްވެސް ބުނެވެއެވެ. އޭރުން މަންމަ ރަސްގެފާނުގެ މުދަލަކަށް ފަހުން ވެއެވެ. ނުވަތަ ބާރުގެ ދަށުގައި ވެއެވެ.

އިތުރު ނޯޓެއް:

ފުރަތަމަ ޢަލާމާތް

މިޒަމާނަކަށް އައިސް ޚުދު އަޅުގަނޑުމެންގެ ދިވެހިރާއްޖެއިންވެސް ޞަޙާބީ ބޭކަލުންނަށް އެއްޗެހި ގޮވާ، ދީނުގެ ޙުކުމްތައް ދޫކޮށްލުމަށް ބަހަނާއެއްގެ ގޮތުން އެބޭކަލުންނަކީ ހަމަ އަހަރެމެންކަހަލަ ބަޔެއްކަމަށް ބުނާ ބަޔަކު އެބައުޅެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވާ ކަންތައްތައް އަޅުގަނޑުމެންގެ ލޯމައްޗަށް ފެނުން ފަދަ ކަމެކެވެ. އަދި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކަކީ ކިހައްޑިހަ އެއްޗަކަށް ހަދައި އެއްވެސް ޤަދަރެއް ނުކުރާތަނުގައި އެބޭކަލުންނަށް އެއްޗެހި ކިޔާ މީހުން އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމީ ހިތާމައެކެވެ. މިފަދަ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުވޭތޯ ގަދައަޅައި މަސައްކަތްކޮށް ދީނުގައި ގަދައަށް ހިފަހައްޓާ ބަޔެއްކަމުގައި ލައްވާށިއެވެ.

އަދި މިފަދަ މީސްތަކުންގެ ކިބައިން ސަލާމަތްވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތްކަމެކެވެ. އަޅުގަނޑުމެންނަށް އޮތީ ހައްޤުހޯދަން މަސައްކަތްކުރުމެވެ. އަޅުގަނޑުމެންނަކީ އެފަދަ ޖާހިލުން ކަމުގައި ނުލައްވާށިއެވެ. އާމީން