[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެނދުނާއި ހަވީރުގެ ޛިކުރުތައް 1

azkaar

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ހެޔޮ ދަރުމައާއި ޘަވާބުލިބުމުގެ އިތުރުން، އިންސާނާއަށް ކުރިމަތިވާ ގިނަގުނަ މުޞީބާތްތަކާ ދަތިތަކާއި ޖިންނި ޝައިޠާނުންގެ އުނދަގޫފަދަ ކަންތައްތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. ވީމާ ފަރުވާ ބަހައްޓައިގެން، މިކަމުގެ މުހިންމުކަން ދަނެގެން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކޮންމެ ދުވަހެއްގެ ފަތިސްނަމާދު ފަހުންނާއި އަދި ޢަޞުރުނަމާދުފަހުން ކިޔުމަށް ސަމާލުވެ ލައްވާށެވެ.

ހެނދުނުގެ ޛިކުރުތައް

*    (اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْ‌ضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْ‌سِيُّهُ السَّمَاوَاتِ وَالْأَرْ‌ضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ) 

“ﷲ އީ އެއިލާހު ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވާ ރަސްކަލާނގެއެވެ. އެއިލާހީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. ތާއްޔާޖެހުމާއި ނިދުން އެކަލާނގެއަށް ނިސްބަތްވެގެންނުވެއެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް ވަނީ އެއިލާހަށެވެ. އެކަލާނގެ ޙަޟްރަތުގައި އެކަލާނގެ އިޒުނަފުޅާނުލައި ޝަފާޢަތްތެރިވެވޭނީ ކާކަށް ހެއްޔެވެ. އެބައިމީހުންގެ ކުރިމަތީގައި ވާހާ ކަމަކާއި އެބައިމީހުންގެ ފަހަތުގައި ވާހާ ކަމެއް (އެބަހީ އިސްވެދިޔަހާ ކަމަކާއި ފަހުން ވާނޭހާ ކަމެއް) އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހު ޢިލްމުފުޅުގެ ތެރެއިން އެއިލާހު އިރާދަކުރެއްވި މިންވަރެއް މެނުވީ އެބައިމީހުންނަކަށް ނޭނގޭނެއެވެ. އެއިލާހު ކުރުސިކޮޅު (އެއިލާހު ފައިންޕުޅު އަޅުއްވާ ގޮނޑިކޮޅު) އުޑުތަކާއި ބިމަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އުޑުތަކާއި ބިން ރައްކާތެރިކޮށް ބެލެހެއްޓެވުމުގައި އެއިލާހަށް އެއްވެސް ވަރުބަލިކަމެއް ނާދެއެވެ. އަދި އެއިލާހީ މަތިވެރިވެ މާތްވެވޮޑިގެންވާ ރަސްކަލާނގެއެވެ.” [سورة البقرة 255] [1]

*    އަލްއިޚްލާޞް، އަލްފަލަޤް، އައްނާސް 3 ސޫރަތް ކިޔަވާނީ ހެނދުނާއި ހަވީރު ކޮންމެ އިރަކު 3 ފަހަރެވެ.

( بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ * قُلْ هُوَ اللَّـهُ أَحَدٌ [١] اللَّـهُ الصَّمَدُ [٢] لَمْ يَلِدْ وَلَمْ يُولَدْ [٣] وَلَمْ يَكُن لَّهُ كُفُوًا أَحَدٌ [٤])

“ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲގެ އިސްމުފުޅުން ފަށަަމެވެ. (އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ﷲއެވެ. ﷲ އެއްކައުވަންތައެވެ. ﷲއީ ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހަށް ދަރިކަލަކު ނުވެއެވެ. އަދި ބަފައިކަލަކު ނުމެވޭމެއެވެ. އަދި އެއިލާހާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.”

*   (بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ * قُلْ أَعُوذُ بِرَ‌بِّ الْفَلَقِ [١] مِن شَرِّ‌ مَا خَلَقَ [٢] وَمِن شَرِّ‌ غَاسِقٍ إِذَا وَقَبَ [٣] وَمِن شَرِّ‌ النَّفَّاثَاتِ فِي الْعُقَدِ [٤] وَمِن شَرِّ‌ حَاسِدٍ إِذَا حَسَدَ [٥])

” ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲގެ އިސްމުފުޅުން ފަށަަމެވެ. (އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ހެނދުނުގެ ވެރިއިލާހު ޙަޟްރަތުން، އެއިލާހު ހެއްދެވި ހުރިހާ މަޚްލޫޤުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި ރޭގަނޑުގެ އަނދިރިކަން ވެރިވާ ހިނދު އެރޭގަނޑުގެ އަނދިރިކަމުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި (ގޮށްތައްޖަހާ އެ) ގޮށްތަކަށް ފުމޭ އަންހެނުންގެ (އެބަހީ: ސިހުރުވެރިންގެ) ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އަދި ހަސަދަވެރިޔާ ހަސަދަވެރިވާ ހިނދު އޭނާގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ.”

*  ( بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ *  قُلْ أَعُوذُ بِرَ‌بِّ النَّاسِ [١] مَلِكِ النَّاسِ [٢] إِلَـٰهِ النَّاسِ [٣] مِن شَرِّ‌ الْوَسْوَاسِ الْخَنَّاسِ [٤] الَّذِي يُوَسْوِسُ فِي صُدُورِ‌ النَّاسِ [٥] مِنَ الْجِنَّةِ وَالنَّاسِ [٦])

” ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲގެ އިސްމުފުޅުން ފަށަަމެވެ. (އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ޖިންނީންނާއި އިންސާނުންގެ ތެރެއިން މީސްތަކުންގެ ހިތްތަކަށް ވަސްވާސްލައިދޭ (ﷲގެ ޛިކުރުކުރެވޭ ހިނދު) ފަހަތަށް އެނބުރިދާ ވަސްވާހުގެވެރި ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އެކަލާނގެއީ މީސްތަކުންގެ ޙަޤީޤީ ރަސްކަލާއެވެ. މީސްތަކުންގެ އިލާހެވެ.”  [2]

*     (أَصْبَحْنَا وَأَصْبَحَ المُلْكُ لِلَّهِ وَالْحَمْدُ لِلَّهِ ، لَا إِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ ، لَهُ المُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِيْ هَذَا اْليَوْمِ وَخَيْرَ مَا بَعْدَهُ ، وَأَعُوْذُ بِكَ مِنْ شَرِّ مَا فِيْ هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ رَبِّ أَعُوْذُ بِكَ مِنَ الْكَسَلِ وَسُوْءِ الْكِبَرِ ، رَبِّ أَعُوْذُ بِكَ مِنْ عَذَابٍ فِيْ النَّارِ  وَعَذَابٍ فِيْ القَبْرِ)

“އަޅަމެން ހެނދުނުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ﷲއަށްޓަކައި ހެނދުނުކޮށްފިއެވެ. (ނުވަތަ އެންމެހާ ވެރިކަމެއް ﷲއަށް މިލްކުވެއްޖެއެވެ.) އަދި ހުރިހާ ޙަމްދެއްވަނީ ﷲއަށެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! މިއަދުގައި ވާހާ ހެޔޮކަމަކާއި މިއަދަށް ފަހުގައި ވާހާ ހެޔޮކަމެއް ދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަދުގައި ވާހާ ނުބައިކަމަކުންނާއި މިއަދަށް ފަހުގައި ވާހާ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! ކަންނެތްކަމާއި މުސްކުޅިކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! ނަރަކައިގެ އަޛާބުންނާއި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.” [3]

*    (اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا ، وَبِكَ نَحْيَا وَبِكَ نَمُوْتُ وَإِلَيْكَ النُّشُوْرُ)

“އޭ ﷲ! އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހެނދުނު ކުރީމުއެވެ. އަދި ހަމަ އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހަވީރު ކުރީމުއެވެ. އަދި އިބަ އިލާހުގެ ރައްކާތެރިކަމާއެކު އަޅަމެން ދިރިތިބެމުއެވެ. އަދި ހަމަ އިބަﷲގެ ރައްކާތެރިކަމާއެކު އަޅަމެން މަރުވަމުއެވެ. އަދި ކަށްވަޅުން ތެދުވެގެން ދިއުންވަނީ އިބަ އިލާހުގެ ޙަޟްރަތަށެވެ.” [4]

*    (اللَّهُمَّ أَنْتَ رَبِّيْ لَا إِلٰهَ إِلَّا أَنْتَ ، خَلَقْتَنِيْ وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوْءُ بِذَنْبِيْ فَاغْفِرْ لِيْ فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ)

“އޭ ﷲ! އިބަ އިލާހީ މިއަޅާގެ رَبّއެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަ އިލާހު މިއަޅާ ޚަލްޤުކުރެއްވިއެވެ. އަދި މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ އިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާހުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ. އެހެނީ ހަމަކަށަވަރުން އިބަ އިލާހު ފިޔަވާ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ.” [5]

*    (اللَّهُمَّ عَافِنِيْ فِيْ بَدَنِيْ ، اللَّهُمَّ عَافِنِيْ فِيْ سَمْعِيْ ، اللَّهُمَّ عَافِنِيْ فِيْ بَصَرِيْ ، لَا إِلٰهَ إِلَّا أَنْتَ. اللَّهُمَّ  إِنِّيْ أَعُوْذُ بِكَ مِنَ الْكُفْرِ ، وَالْفَقْرِ ، وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ ، لَا إِلٰهَ إِلَّا أَنْتَ) (ތިން ފަހަރު)

“އޭ ﷲ! މިއަޅާއަށް މިއަޅާގެ ހަށިގަނޑުގައި ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ އެހުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ ފެނުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އިބަ އިލާހު މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އިބަ އިލާހު  ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.” [6]

*    (حَسْبِيَ اللَّهُ لَا إِلٰهَ إِلَّا هُوَ عَلَيهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيْمِ) (ހަތް ފަހަރު)

“މިއަޅާއަށް ﷲ ފުދެއެވެ. އެއިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ ވަކީލުކުރަނީ ހަމައެކަނި އެއިލާހަށެވެ. އަދި އެއިލާހީ މަތިވެރި ޢަރްޝުގެ ވެރި رَبّއެވެ.” [سورة التوبة 129 ] [7]

*    (اللَّهُمَّ إِنِّيْ أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ ، اللَّهُمَّ إِنِّيْ أَسْأَلُكَ الْعَفْوَ وَالْعاَفِيَةَ فِيْ دِيْنِيْ وَدُنْياَيَ وَأَهْلِيْ وَمَالِيْ ، اللَّهُمَّ اسْتُرْ عَوْرَاتِيْ وَآمِنْ رَوْعَاتِيْ ، اللَّهُمَّ احْفَظْنِيْ مِنْ بَيْنِ يَدَيَّ وَمِنْ خَلْفِيْ وَعَنْ يَمِيْنِيْ وَعَنْ شِمَالِيْ ، وَمِنْ فَوْقِيْ ، وَأَعُوْذُ بِعَظَمَتِكَ أَنْ أُغْتاَلَ مِنْ تَحْتِيْ)

“އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބަ އިލާހުގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ފުރިހަމަ ޢާފިޔަތަށް އެދި ދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ޢަފޫކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މިއަޅާގެ ދީނާއި ދުނިޔޭގައި އަދި މިއަޅާގެ އަހުލުވެރިންނާއި މުދަލުގައި ފުރިހަމަ ޢާފިޔަތަކަށް އެދި ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ބިރުގަތުންތަކުން އަމާންކަންދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ ކުރިމަތިންނާއި، މިއަޅާގެ ފުރަގަހުންނާއި، މިއަޅާގެ ކަނާތްފަރާތުންނާއި، މިއަޅާގެ ވާތްފަރާތުންނާއި އަދި މިއަޅާގެ މަތިން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މިއަޅާގެ ދަށުން މިއަޅާ ހަލާކުވެދިއުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ މާތްކަން މެދުވެރިކޮށް ދަންނަވަމެވެ.” [8]

*    (اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّمَاوَاتِ وَالأَرْضِ رَبَّ كُلِّ شَيْءٍ وَمَلِيْكَهُ ، أَشْهَدُ أَنْ لَا إِلٰهَ إِلَّا أَنْتَ ، أَعُوْذُ بِكَ مِنْ شَرِّ نَفْسِيْ وَمِنْ شَرِّ الشَّيْطاَنِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِيْ سُوْءاً أَوْ أَجُرَّهُ إِلَى مُسْلِمٍ)

އޭ ﷲ! ޣައިބުގައިވާ ކަންތައްތަކާއި ފެންނަހާ ކަންތައްތައް ދެނެވޮޑިގެންވާ  އިލާހު! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އިލާހު! ހުރިހާ އެއްޗެއް ހައްދަވާ ގެންގުޅުއްވާ އަދި އެތަކެތީގެ މިލްކުވެރި އިލާހު! އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާގެ ނަފްސުގެ ނުބައިކަމާއި، ޝައިޠާނާގެ ނުބައިކަމާއި، އެޝައިޠާނާ (އިބަ އިލާހާ) ޝަރީކުކުރުމަށް ލައިދޭ ވަސްވާހުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަޅާގެ އަމިއްލަ ނަފްސުގެ މައްޗަށް މިއަޅާއަށް ކުރެވޭ ނުބައި ކަންތަކުންނާއި ނުވަތަ އެ ނުބައި ކަންތައް އެހެން މުސްލިމަކު ލައްވާ ކުރުވުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.”[9]

*    (بِسْمِ اللَّهِ الَّذِيْ لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيْعُ الْعَلِيْمُ) (ތިން ފަހަރު)

“ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” [10]

*    (لَا إِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ)   (ހެނދުނު ސަތޭކަ ފަހަރު)

“ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.” [11] 

*   (سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ ) (ތިން ފަހަރު)

“މާތްﷲ، އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އެއީ އެއިލާހުގެ މަޚްލޫޤުންގެ ޢަދަދާ އެއްވަރަށެވެ. އަދި އެއިލާހުގެ ޛާތުފުޅަށް އެއިލާހު ރުހިވޮޑިގެންވާ މިންވަރަށެވެ. އަދި އެއިލާހުގެ ޢަރްޝުގެ ބުރަދަނާ އެއްވަރަށެވެ. އަދި އެއިލާހުގެ ކަލިމަފުޅުތަކުގެ ގިނަކަމާ އެއްވަރަށެވެ.” [12]

*    (اللَّهُمَّ إِنِّيْ أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا، وَ عَمَلًا مُتَقَبَّلًا) (ހެނދުނު އެއް ފަހަރު)

“އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބަ އިލާހުގެ ޙަޟްރަތުން ފައިދާކުރަނިވި ޢިލްމަކާއި، ޙަލާލުވެގެންވާ ރިޒްޤަކާއި، ޤަބޫލުވެވިގެންވާ ޢަމަލެއް ދެއްވުމަށް އެދި ދަންނަވަމެވެ.” [13]

*    (اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ) (ދިހަ ފަހަރު)

 “އޭ ﷲ! އަޅަމެންގެ ނަބިއްޔާ، މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!” [14]

= ނުނިމޭ=

__________________________

[1]  أخرجه الحاكم وصحّحه الألباني في صحيح الترغيب والترهيب.

[2] أخرجه أبو داود والترمذي وصحّحه الألباني.

[3] رواه مسلم.

[4] رواه الترمذي وصحّحه الألباني.  

[5] أخرجه البخاري.

[6] رواه أبو داود وأحمد والنسائي في عمل اليوم والليلة والبخاري في الأدب المفرد وحسّن إسناده ابن باز.

[7] أخرجه ابن السنّي مرفوعاً وأبو داود موقوفاً وصحّح إسناده شعيب وعبد القادر الأرناؤوط.

[8] رواه أبو داود و ابن ماجه وصحّحه الألباني.

[9] رواه أبو داود والترمذي وصحّحه الألباني.

[10]  رواه أبو داود وابن ماجه والترمذي  وأحمد وحسن الشيخ ابن باز اسناد ابن ماجه .

[11] رواه البخاري ومسلم.

[12] رواه مسلم.

[13] أخرجه ابن السنّي في عمل اليوم والليلة وابن ماجه وحسّن إسناده شعيب وعبد القادر الأرناؤوط.

[14] أخرجه الطّبراني بإسنادين أحدهما جيّد وانظر صحيح الترغيب والترهيب.

ނޯޓު: މިހުރިހާ ދުޢާއަކީވެސް فضيلة الشيخ سعيد بن وهب القهطاني -حفظه الله – ލިޔުއްވާފައިވާ حصن المسلم ކިޔުނު ފޮތުގައި ގެނެސްފައިވާ ދުޢާތަކެކެވެ.

ހަވީރުގެ ޛިކުރުތައް

މިލިޔުމާ ގުޅުންހުރި ލިޔުމެއް

حصن المسلم ދުޢާ ފޮތުގެ ދިވެހި ތަރުޖަމާ