[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: الحمدلله ކިޔާށެވެ.

story

ސްކޫލުގެ ކިޔަވާކުދިން ތިބީ ޓެސްޓް ހޯލުގައި ޓެސްޓް ހަދާށެވެ. ދަރިވަރުން ޓެސްޓް ހަދަން ތިއްބާ މުޅި ސްކޫލުން ކަރަންޓު ހިނގައްޖެއެވެ. ސްކޫލުގެ ޓެސްޓް ހޯލު ބަލަހައްޓަވަން ހުރި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ބޭރަށް ނިކުމެ ޚަބަރު ބަލާލިއިރު ކަރަންޓު ގޮސްގެން އުޅެނީ މުޅި ރަށުންނެވެ.

ދުވަހަކީ ވަރަށް ހޫނުގަދަ ދުވަހަކަށްވާތީ ހޫނުވެގެން ކުދިން ޝަކުވާ ކުރަން ފަށައިފި އެވެ. އެހެންނަމަވެސް އެއީ ސްކޫލުގެ މައްސަލައަކަށް ނުވާތީ ކުރެވޭނެ އިތުރުކަމެއް ނެތްކަމަށް ޓީޗަރު ވިދާޅުވިއެވެ. ދަރިވަރުން ހޫނުވެގެން އިރުއިރުކޮޅާ ކުރަމުންދާ ޝަކުވާތައް ކެތްތެރިކަމާއެކު އަޑުއެހުމުގައި ޓީޗަރު ހުންނަވަނިކޮށް ކަރަންޓު ލިބިއްޖެއެވެ. ހޯލުގެ ތިބި ހުރިހާ ފަންކާތަކެއް އެނބުރެންފަށައިފިއެވެ.

އެވަގުތު ހުރިހާކުދިން އެއްފަހަރާ އެއްއަޑަކުން” ވޯވް…ޔެސް…..ޔެސް” އޭ ބުނެލިއެވެ.
މި އަޑު އިވިފައި މުދައްރިސު ވިދާޅުވިއެވެ. “ވޯވް…ޔެސް ޔެސް އޭ ކިޔުމުގެ ކުރީގައި الحمدلله ކިޔާބަލަ. ތިޔަކުދިން ކަރަންޓު ދިއުމުން ކުރި ޝަކުވާގެ އަޑު މުދައްރިސް އެހީމު. އަދި ހަމަ މިހާރު ކަރަންޓު ލިބުމުން ތިޔަކުދިންނަށް ލިބުނު އުފާވެރިކަން ވެސް މޫނުމަތިން ފެނޭ. ވީމާ މިފަދަ މަތިވެރި ނިޢުމަތެއް ދެއްވި ފަރާތަށް ޝުކުރުވެރިވުމަށް ސަމާލުވުން ވަރަށް މުހިއްމު. މިއީ ތިޔަކުދިންގެ އިސްލާމްޓީޗަރަކަށް ނުވިއަސް މިވާހަކަ އަޑުއަހާ ޢަމަލުކުރާނެ ކަމަށް އުއްމީދުކުރަން.”

ކުދިން ހަމަހިމޭންކަމާއެކު މިވާހަކަ އަޑުއެހިއެވެ. އަދި އަބަދު އެހެން ކިޔާތީ އެވަގުތުވެސް އުފަލުން އެހެން ބުނެވުނީ ކަމުގައި ބުންޏެވެ. އަދި މީގެ ފަހުން ނިޢުމަތެއް ލިބޭހިނދު ﷲ އަށް ޙަމްދުކުރާނެ ކަމުގައި ބުންޏެވެ. މުދައްރިސް އުފަލުން “ހާދަރަނގަޅޭ” ވިދާޅުވިއެވެ.