[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

خطرُ الخَلْوةِ بالمخطوبة އެންގޭޖް ކޮށްފައިވާ އަންހެން ކުއްޖާއާއެކު އެކަހެރިވުމުގެ ނުރައްކާތެރިކަން

200320103496يحرم الخلوة بالمخطوبة  لأنها محرّمة على الخاطب , حتى يعقد عليها , ولم يَرِد الشرع بغير النظر, فبقيت على التحريم ولأنه لا يؤمن مع الخلوة مواقعة ما نهى الله عنه, فإذا وجد محرم جازت الخلْوة, لامتناع وقوع المعصية مع حضوره , فعن جابر رضى الله عنه– أن النبي صلى الله عليه وسلم قال: (( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) 1 . وعن عامر بن ربيعة رضى الله عنه قال: قال رسول صلى الله عليه وسلم (( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم ))2  = رواه أحمد =

މާނަ

ކައިވެނިކުރުމަށް ޚިޠާބު (އެންގޭޖް) ކުރެވިފައިވާ އަންހެން ކުއްޖަކާއިއެކު އެކަހެރިވުން ޙަރާމްވެގެންވެއެވެ. އެހެނީ އެއަންހެން ކުއްޖާ ވާހުށީ އޭނާއާއި ކައިވެނި ކޮށްފުމަށް ދާންދެން އޭނާއަށް ހުއްދަ ނޫން މީހެއް ކަމުގައެވެ. އިސްލާމީ ޝަރީޢަތުގައި އެއަންހެން ކުއްޖާއަށް ބަލާލުން (އެބަހީ: މޫނާއި ދެއަތްތިލަ) ފިޔަވައި އެހެންކަމެއް ވާރިދުވެގެން ނުވެއެވެ. އެހެންކަމުން އެކަން (އެންގޭޖް ކުރެވިފައިވާ އަންހެން ކުއްޖާއާއި އެކު އެކަހެރިވުން) ޙަރާމް ކަމެއްކަމުގައި ދެމިއޮތީއެވެ. އެހެނީ ދެމީހުން އެކަހެރިވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެވޭނެކަމުގެ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ފަހެ މަޙްރަމަކު (އެބަހީ: އަންހެން ކުއްޖާއާއި ކައިވެނި ޙަލާލު ނުވާ ފިރިހެނަކު) އެތާނގައި ހުރެއްޖެނަމަ ދެމީހުން އެކުގައި ތިބުން ހުއްދައެވެ. އެއީ އޭނާ ހާޒިރުވެގެންވާ ޙާލު އުރެދުމަކަށް އަރައިގަތުން މަނާވެފައި ވާތީއެވެ. ޖާބިރު رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) رواه البخاريމާނައީ: “ފަހެ ﷲ އަށާއި ޤިޔާމަތް ދުވަހަށް އީންމާވާ މީހަކު، ހިލޭ އަންހެނެއްގެ މަޙްރަމަކާއި ނުލައި އެކަނބުލޭގެއާއި އެކު އެކަހެރިނުވާ ހުށިކަމެވެ. ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ.” ޢާމިރު ބިން ރަބީޢާ رضى الله عنه ގެ ކިބައިންވެސް ރިވާވެގެން ވެއެވެ. ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم ))رواه البخاري. މާނައީ: ” ފިރިހެނަކު އޭނާގެ މައްޗަށް ޙަލާލުވެގެން ނުވާ އަންހެނަކާއި އެކު އެއަންހެނާގެ މަޙްރަމަކާއިނުލައި އެކަހެރި ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ.” 

  (1) البخاري بمعناه , عن ابن عباس : كـتاب النكاح- باب لا يخلوَنَّ رجل بامرأة إلا ذو محرم , والد خول على المَغيبة ( 7 / 48 ) , و عن أيضاً : كتاب الجهاد والسير – باب من اكتتِبَ في جيش , فخرجت امرأته حاجّة, وكان له عذر … ( 4 / 72 ) , وأحمد , في (( المسند )) 3 / 339 , 446 ) .

(2) البخاري : كتاب النكاح– باب يخلون بامرأة إلا ذو محرم , والدخول على المغيبة ( 7 / 48 ) ومسلم : كتاب الحج – باب سفر المرأة مع محرم إلى حج وغيره , بلفظ (( لا يخلون رجل بامرأة إلا ومعها ذو محرم )) ( 2 / 978 ) و الترمذي : كتاب الرضاع – باب ماجاء في كراهية الدخول على المغيبات , برقم ( 1171 ) ( 3 / 465 ) , وكتاب الفتن – باب ماجاء في لزوم الجماعة , برقم ( 2165 ) 3 / 465 , 466 )