[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުން 4

trousers

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމާބެހޭގޮތުން ބައެއްމީހުންނަށް އަރާފައިވާ އޮޅުންތަކެއް

3 ކުރީޒަމާނުގައި އުޅުއްވިބޭކަލުންނަށް އިޒާރުމަތިކުރުމަށް އަމުރުކުރެވުނީ މަގުތައް ހަޑިވެފައި އޮންނާތީ

ފިރިހެނާގެ ހެދުން ނުވަތަ އިޒާރު މައްޗަށް އުފުލުމުގެ ސަބަބެއްވާކަމަށް ބައެއް މީހުން ބުނެއުޅުއެވެ. އެއީ އިހުޒަމާނުގެ މަގުތައް ހަޑިވެފައި ނަޖިސްވުމެވެ. އަދި މިފަދަ މީހުން ޤަބޫލުކުރާގޮތުގައި އެސަބަބު މިއަދު ނެތުމުން އެފަދައިން ކަންތައްކުރާކަށް ނުޖެހޭނެއެވެ.

މިކަމުގެ ޙަޤީޤަތަކީ ނަބިއްޔާ صلى الله عليه وسلم ފިރިހޭނާގެ ހެދުން މައްޗަށް އުފުލުމަށް އަމުރުކުރެއްވީ މިސަބަބާ ހެދިނޫންނަކަމަށް ޘާބިތުވާ ދަލީލުތައް ސުންނަތުގައިވާކަމެވެ. އެހެނީ އެކަލޭގެފާނު ފިރިހެނާގެ ހެދުން އުފުލުމަށް އަމުރުކުރެއްވިއިރު އަންހެނާގެ ހެދުން ތިރިކުރުމަށްވެސް އަމުރުކުރެއްވިއެވެ. ފިރިހެނާގެ އިޒާރު އުފުލުމަށް އަމުރުކުރެވުނު ހަމައެކަނި ސަބަބަކީ ހަޑިވެދާނެތީކަމުގައިވާނަމަ އަންހެނާވެސް މިޙުކުމުގައި ޝާމިލުވާންޖެހެއެވެ. ނަމަވެސް އަންހެނާގެ ހެދުން ތިރިކުރުމަށް އަމުރުކުރެވިފައި އޮތުމުން އިނގެނީ މިއީ މިކަމުގެ ސަބަބުނޫން ކަމެވެ.

މިކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘްއެވެ.

(صحيح) عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ((مَنْ جَرَّ ثَوْبَهُ خُيَلَاءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ القِيَامَة))، فَقَالَتْ أُمُّ سَلَمَةَ: فَكَيْفَ يَصْنَعْنَ النِّسَاءُ بِذُيُولِهِنَّ؟ قَالَ ((يُرْخِينَ شِبْرً))، فَقَالَتْ: إِذًا تَنْكَشِفُ أَقْدَامُهُنَّ، قَالَ: ((فَيُرْخِينَهُ ذِرَاعًا، لَا يَزِدْنَ عَلَيْهِ)). [رواه الترمذي / أبواب اللباس / باب: ما جاء في جر ذيول النساء / رقم: ١٧٣١، وصححه الألباني في سلسلة الصحيحة رقم:١۸٦٤]

މާނައީ: އިބްނު ޢުމަރު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ ޙަދީޘްކުރެއްވިއެވެ.

“ބޮޑާވެރިކަމާއެކު އެމީހެއްގެ ހެދުން ދަމައިފިމީހަކަށް ޤިޔާމަތްދުވަހު ﷲ ނުބައްލަވާނެއެވެ.”

ފަހެ އުންމު ސަލަމާ ވިދާޅުވިއެވެ. “ފަހެ އަންހެނުން އެކަނބަލުންގެ ހެދުމުގެ ފަސްބަޔާމެދު ކަންތައްކުރާނީ ކިހިނަކުންތޯއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “[ތަނބިކަށްޓަށް ވުރެ] ކައިވަތެއްގެ މިންވަރަށް ތިރިކުރާނީއެވެ.”

ފަހެ އެކަމަނާ ވިދާޅުވިއެވެ. “އެހެން ކަންތައްކޮށްފިނަމަ އެކަނބަލުންގެ ފައިތިލަތައް ކަޝްފުވާނެއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ [ތަނބިކަށްޓަށް ވުރެ] މުށެއްގެ މިންވަރަށް ދިގުކުރާނީއެވެ. އަދި އެއަށްވުރެ ދިގުނުކުރާ ހުށިކަމެވެ.”

މުއުމިނުންނަށްއޮތީ އެބައިމީހުންނަށް ކަމަކަށް އަމުރުކުރެވުމުން ތަބާވުމެވެ. އަދި ކަމެއް ނަހީކުރެވިއްޖެނަމަ އެކަމުން ދުރުހެލިވުމެވެ.

___________________________

-ނިމުނީ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ