[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްޖާހިލިއްޔަތު އަލްފިސްޤު – މިކަންކަމުގެ ބައިތަކާއި ޙުކުމްތަކާއި ޙަޤީޤަތް ބަޔާންކޮށްދިނުން

070920113487

އަޞްލު ލިޔުއްވީ: ޞާލިޙް ބިން ފައުޒާނުލް ފައުޒާން

ތަރުޖަމާ: އަބޫބަކުރު އިބްރާހީމް ޢަލީ (ރަހިމަހުﷲ)

އަލްޖާހިލިއްޔާ

ޖާހިލިއްޔަތަކީ އިސްލާމްދީން އައުމުގެ ކުރިން އެޙާލެއްގެ މަތީގައި ޢަރަބީން ތިބި ޙާލެވެ. އެއީ ﷲއާއި އެކަލާނގެ ރަސޫލުބޭކަލުންނާއި އަދި ދީނުގެ ޝަރުޢު ތަކާއިމެދު އެއްވެސް އެނގުމެއްނެތް ޖާހިލުކަމާއި ނަސަބާއި މެދު ފަޚުރުވެރިވުމާއި ބޮޑާކަމާއި ޖައްބާރުކަމާއި އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. އެއީ އެއްވެސް ޢިލްމެއް އެނގުމެއް ނެތް ނުވަތަ އެއްވެސް ޢިލްމަކާއި ތަބާވުމެއް ނެތް ޖާހިލުކަން ނިސްބަތްވެގެންވުމެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ފަހެ ޙައްޤު ނޭނގޭ މީހާއަކީ އާދައިގެ ޖާހިލެކެވެ. އަދި ޙައްޤާއި ޚިލާފަށް އިޢުތިޤާދުކުރާ މީހާއި މުރައްކަބު ޖާހިލެކެވެ. އަދި ޙައްޤުއެނގި ހުރުމާއިއެކު ނުވަތަ ނޭނގިހުރެގަންވެސް ޙައްޤާއި ޙިލާފަށް ބުނާ މީހާއަކީވެސް ހަމައެފަދައިން ޖާހިލެކެވެ. އެގޮތް ބަޔާންވެ އެނގިއްޖިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ކުރީން މީސްތަކުން އެތިބީ ޖާހިލުކަމަށް ނިސްބަތްވެގެންވާ ޖާހިލިއްޔަތުގައެވެ. ފަހެ އެމީހުން އެކަމެއްގެ މަތީގައި އެތިބިކަންތަކާއި ކުރުމުންގެންދިޔަ ޢަމަލުތަކާއި ބުނަމުންގެންދިޔަ ބަސްތަކަކީ ހަމަކަށަވަރުންވެސް ޖާހިލަކު އެމީހުންނަށް އުފައްދައި ދީފައިވާ ޢަމަލުތަކަކާއި ބަސްތަކެކެވެ. އަދި އެކަންކަން ކުރާކަން ކަށަވަރީ ޖާހިލެކެވެ.

އަދި ހަމަ އެފަދައިން ރަސޫލުބޭކަލުން އެގެންނެވި ކަންކަމާއި ޚިލާފުވާޒާތުގެ ކަންތައްތަކީ މިސާލަކަށް: ޔަހޫދިއްޔަ އަދި ނަޞްރާނިއްޔަ މިފަދަ ކަންކަމީ އެއީ ހަމަ މުޅީންވެސް ޖާހިލިއްޔަތެވެ. އެއީ ޢާއްމު ޖާހިލިއްޔަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީ ކަމާއިގެން ފޮނުއްވުމަށް ފަހުވެސް އެއްބައި ރަށްރަށް ފިޔަވައި އަނެއްބައި ރަށްރަށުގައި ޖާހިލިއްޔަތުވެއެވެ. އަދި އެއްބައި މީހުންފިޔަވައި އަނެއްބައި މީހުންގައިވެސް ޖާހިލިއްޔަތުކަން ހުރެއެވެ. މިސާލަކަށް އިސްލާމް ރަށެއްގައި އުޅޭ ކާފިރުމީހާ ހަމަވަނީ ޖާހިލއްޔަތުގައެވެ. އެކަމަކު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމަށްފަހު މުޠްލަޤަށް (ހަމައެކީއެކަށް) އޮތް ޖާހިލިއްޔަތެއް ނުވާނެއެވެ. އެހެނީ އެކަލޭގެފާނުންގެ އުއްމަތުގެ ކޮންމެވެސް ޖަމާޢަތެއްގެ ބަޔަކު ޤިޔާމަތާއި ޖެހެންދެންވެސް ޙައްޤުގެ މަތީގައި އެބަހީ ޙައްޤު ދީން ފާޅުކުރުންމަތީގައި ދެމިތިބޭނެއެވެ. ނަމަވެސް މުސްލިމުންގެ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޖާހިލިއްޔަތުކަން އޮތްވަކިތަނެއްވެސް އޮވެދާނެއެވެ. އަދި މުސްލިމުންގެ ތެރޭގައިވެސް ހަމަ ވަރަށް ގިނައިން ޖާހިލިއްޔަތުގެ ތެރޭގައި އުޅޭ މީހުން ތިބެދާނެއެވެ. أَرْبَعٌ فِي أُمَّتِي مِنْ أَمْرِ الْجَاهِلِيَّةِ(رواه مسلم)މިފަދަ ޙަދީޘެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިފަދަ ބަސްފުޅުތަކުން އެކަން އެބަ ހާމަވެއެވެ. އެބަހީ މި އުއްމަތުގައިވެސް ޖާހިލިއްޔަތުގެ ކަންތައް ވާކަން ކަށަވަރެވެ. އިސްވެދިޔަ ބަސްފުޅުގެ މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައި ޖާހިލިއްޔަ ޒަމާނުގެ ހަތަރުކަމެއް ވެއެވެ.” މިއެވެ. މި ޙަދީޘަކީ ދިގު ޙަދީޘެކެވެ. މި ޙަދީޘުގެ ނައްޞުގައި (ނައްޞަކީ ޤުރުއާނުގެ ނުވަތަ ޙަދީޘުގެ ނުވަތަ މީހަކު ބުނި ޢިބާރާތުގެ އަޞްލު ތަންކޮޅެވެ. އުނިއިތުރު ޝަރަޙައެއް ނެތިއެވެ.) އެކަންތައްތައްވެސް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިތާ އެކަންކަން ތަފްޞީލްނުކުރީ ދިގުވާތީއެވެ. (ނުނިމޭ)