[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދަރަނިވެރިވެފައިވާމީހާ ޙައްޖުކުރުމުގެ ޙުކުމް

އަޅުގަނޑުގެ ޢުމުރުން 28 އަހަރުވެއްޖެއެވެ. އެކިފަރާތްތަކަށް އަދާކުރަންޖެހޭ ދަރަނިތައްހުރުމުން އަޅުގަނޑު އަދި ޙައްޖުގެ ފަރުޟު އަދާއެއްނުކުރަމެވެ. ދަރިނި ދޫކުރި ފަރާތްތަކުގެ ހުއްދަނެތި ޙައްޖު އަދާކުރުން އަޅުގަނޑަށް ހުއްދަވާނެ ހެއްޔެވެ؟ އަދި ދަންނައެވެ. އަޅުގަނޑަށް ޙައްޖުގައި ކަމެއް ދިމާވެ މަރުވި ނަމަވެސް ދަރަނި އަދާކުރެވޭނެވަރުގެ މުދަލެއް އަޅުގަނޑަށް ލިބިފައިނުވެއެވެ. އަޅުގަނޑަށް މިކަން ސާފުކޮށް ބަޔާންކޮށްދެއްވާށެވެ. ތިޔަބޭފުޅުންގެ އަޖުރާއި ޘަވާބު މަތިވެރިކުރައްވާށެވެ.

 

ޙައްޖުގެ ޝަރުޠުތަކުގެ ތެރޭގައި ކުޅަދާނަކަން ލިބިފައިވުން ހިމެނިގެންވެއެވެ. ކުޅަދާނަކަމުގެ ތެރޭގައި މުދަލުގެ ގޮތުން ކުޅަދާނަކަންލިބުންވެސް ހިމެނިގެންވެއެވެ.

ދަރަންޏަށް ދޫކުރިފަރާތުން އެދަރަނި އަދާކުރުމަށް އެދެމުން ދަނިކޮށް އަދި ދަރަންޏަށް ދޫކުރިފަރާތުން ދަރަނިވެރިޔާގެ ދަރަނި އަދާނުކޮށް  ޙައްޖަށް ދިޔުން މަނާކުރާނަމަ ފަހެ އެފަދަ މީހަކު ޙައްޖަށް އެހަށް ނުދާށެވެ. އެހެނީ އެފަދަ މީހަކީ ކުޅަދާނަކަން ލިބިފައިވާ މީހެއްނޫނެވެ. ނަމަވެސް ދަރަންޏަށް ދޫކުރިފަރާތުން ދަރަނިވެރިޔާގެ ގާތުން އެދަރަނި އަދާކުރުމަށް އެދެމުން ނުދާނަމަ އަދި ދަރަންޏަށް ދޫކުރިފަރާތުން އޭނާއަށް އެކަމުގައި ދޫދޭނެކަން ދަރަނިވެރިޔާއަށް އެނގޭނަމަ ފަހެ އެފަދަ ދަރަނިވެރިއަކު ޙައްޖުވުން ހުއްދަވެގެންވެއެވެ. އަދި އޭނާގެ ޙައްޖު ޞައްޙަވާނެއެވެ.

އަދި ހަމައެފަދައިން ދަރަނި އަދާކުރުމަށް ކަނޑައެޅިފައިވާ ވަކިވަގުތެއް ނުވާނަމަ އެފަދަ މީހަކަށްވެސް ޙައްޖުވުން ހުއްދަވެގެންވެއެވެ. އަދި އެފަދަ މީހަކު ދަރަނި އަދާކުރާނީ އަތްމަތި ފަސޭހަވުމުންނެވެ.

ޙައްޖުވުމަކީ ދަރަނިތައް އަދާކުރުމަށް މެދުވެރިވާ ރަނގަޅު ސަބަބެއްކަމުގައިވުންވެސް އެކަށީގެންވެއެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

 

ޢަބްދުލްޢަޒީޒު ބުން ބާޒް

ޢަބްދުއްރައްޒާޤު ޢަފީފީ

ޢަބްދުﷲ ބުން ޣުދައްޔާން