[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޞްލާޙުކުރަންޖެހޭ ދިހަ ކަމެއް

heart with cardiogram

1- ﷲ ތަޢާލާ ވޮޑިގެންވާ ކަމަށް ޤަބޫލުކޮށް، އެހެންނަމަވެސް އެ އިލާހުގެ އަމުރުފުޅުތަކަށް ބޯނުލެނބުމެވެ.

2- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާކަމުގެ ދަޢުވާކޮށް، އެހެންނަމަވެސް އެކަލޭގެފާނުގެ ސުންނަތަށް ތަބާނުވުމެވެ.

3- ޤުރުއާން ކިޔަވައި، އެހެންނަމަވެސް އެ ޤުރުއާނަށް ޢަމަލުނުކުރުމެވެ.

4- ﷲތަޢާލާގެ ނިޢުމަތްތަކުން ފައިދާ ލިބިގަނެ، އެހެންނަމަވެސް އެ ނިޢުމަތްތަކަށް ޝުކުރު ނުކުރުމެވެ.

5- ޝައިޠާނާއަކީ ދުޝްމިނެއްކަމަށް ޤަބޫލުކޮށް، އެހެންނަމަވެސް އެ ޝައިޠާނާގެ ވަސްވާސްތަކާ ދެކޮޅަށް މަސައްކަތް ނުކުރުމެވެ.

6- ސުވަރުގެއަށް ދާން ބޭނުންވެ، އެހެންނަމަވެސް އެ ސުވަރުގެއަށް ދާން މަސައްކަތް ނުކުރުމެވެ.

7- ނަރަކައަށް ދާން ބޭނުންނުވެ، އެހެންނަމަވެސް އެ ނަރަކައިން ސަލާމަތްވާން މަސައްކަތް ނުކުރުމެވެ.

8- މި ދުނިޔޭގައިވާ ހުރިހާ އެއްޗެއް މަރުވެގެންދާނޭ ކަމަށް ޤަބޫލުކޮށް، އެހެންނަމަވެސް އެ މަރަށް ތައްޔާރު ނުވުމެވެ.

9- ޣީބަ ބުނެ އެހެންމީހުންގެ ކުށް ހޯދައި، އެހެންނަމަވެސް އަމިއްލަ ކުށްތައް މަތިން ހަނދާން ނައްތާލުމެވެ.

10- މައްޔިތުން ވަޅުލުމުގައި ބައިވެރިވެ، އެހެންނަމަވެސް އެކަމުން ފިލާވަޅު ލިބި ނުގަތުމެވެ.