[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 6

17760

ނަރަކައިގެ ބޮޑުކަން އަދި ފުންކަން

ނަރަކަޔަކީ ވަރަށް ބޮޑު އަދި ފުޅާ އަދި ފުން ތަނެކެވެ. ނަރަކައިގެ މިޞިފަތަށް އަހަރުމެންނަށް އެނގުނީ މިބަޔާންކުރާ ކަންތަށްތަކުގެ އަލީގައެވެ.

1. ނަރަކަ އަށް ވައްނާނެ މީހުންނަކީ ޢަދަދު ނުކުރެވޭ ގިނަބަޔެއް ކަމުގައި ވާއިރުވެސް، ﷲ ތަޢާލާ އެމީހުން ހައްދަވާފައިވަނީ ބޮޑު އަދި ބިޔަކޮށެވެ. އެމީހުންގެ ބިޔަ އަދި ބޮޑުކަމުން، އެއިން މީހެއްގެ ފޭރާ ދަތް އުޙުދު ފަރުބަދަހާ ބޮޑެވެ. އަދި އެމީހުންގެ ދެކޮނޑު ދޭތެރޭގައި ތިން ދުވަހުގެ ރާސްތާވެއެވެ. އެހެން ނަމަވެސް އެމީހުންގެ ބޮޑު ބިޔަކަމާއި އެކުގައިވެސް ދުނިޔެ ދެކުނުހާ ހުރިހާ ކާފަރުންނާއި މުޖްރިމުން އެނަރަކައިގެ ތެރޭގައި ޤަރާރު ވުމުންވެސް އިތުރަށް މީހުން ވަންނަން ބާކީ ޖާގަ އޮވެއެވެ. މިޙަޤީގަތް ބަޔާން ކުރައްވައި ﷲ ވަޙީކުރެއްވިއެވެ.

(يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ) [سورة ق 30]

މާނައީ:”އެދުވަހަކީ ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.”

ސުވަރުގެއާއި ނަރަކައިގެ މެދުގައި ދެކެވުނު ވާހަކަ ބަޔާން ވެގެން އައިސްފައިވާ ޙަދީޘްގައި ވާގޮތުން، ﷲ ނަރަކަޔަށް ވަޙީކުރެއްވި ކަމަށް އައިސްފައިވެއެވެ. “ތިބާ ތިއީ ތިމަން އިލާހުގެ ޢަޛާބެވެ. ތިމަން އިލާހު އިރާދަކުރައްވާ ބަޔަކަށް ތިބާގެ ޛަރީޢާއިން  ޢަޛާބު ދެއްވާ ހުށީމެވެ.” އަދި ސުވަރުގެއާއި ނަރަކަވެސް ފުރޭނެވެ. އެހެން ނަމަވެސް ނަރަކައިގައި ﷲ ތަޢާލާގެ ފައިންޕުޅު އެޅުއްވުމަށް ދާންދެން ނުފުރޭ ހުއްޓެވެ. ދެން ނަރަކަ “ފުދިއްޖެއެވެ. ފުދިއްޖެވެ.” ބުނާނެތެވެ. އަދި އެނަރަކައިގެ ބައިތައް ގާތްވެ ފިތި ފުރިދާ ހުއްޓެވެ. އަދި ﷲ އެކަލާނގެ ޚަލްޤުތަކުންކުރެ އެއްވެސް އެއްޗަކަށް އަނިޔާވެރި ނުވާ ހުއްޓެވެ.” [متفق عليه]

އަދި އަނަސްގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم  ޙަދީޘް ކުރެއްވިއެވެ.

“މީސްތަކުން ނަރަކައަށް އެއްލާލެވޭ ކޮންމެ ފަހަރަކު ނަރަކަ ބުނާނެތެވެ. އަދި އިތުރަށް ނުވޭ ހެއްޔެވެ. ދެން މިގޮތުގައި ނަރަކަ ވަނިކޮށް ﷲ ތަޢާލާ އެކަލާނގެ ފައިންޕުޅު އޭގައި އަޅުއްވާނެވެ. ދެން އެނަރަކައިގެ އެއްބަޔެއް އަނެއްބަޔަކަށް ގާތްވެ ފިތިދާހުއްޓެވެ. އަދި ނަރަކަ ބުނާނެތެވެ. އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނަމެވެ. ފުދިއްޖެވެ. ފުދިއްޖެވެ.” [متفق عليه]

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ