[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 7

17760

2. އަދި ހަމައެފަދައިން ނަރަކައިގެ ފުންކަން އަންގައިދޭ އަނެއް ކަމަކީ ނަރަކައިގެ މަތިން ވައްޓާލެވޭ ހިލަ އެތަނުގެ އެންމެ އަޑީގައި ޖެހެން އެތަކެއް އަހަރުތަކެއް ނަގާކަމެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.

“ތިމަންމެން ރަސޫލު ﷲ صلى الله عليه وسلم  އެކުގައި ތިއްބަވަނިކޮށް އެއްޗެއް ވެއްޓޭ އަޑު އިވުނެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ކޮން އަޑެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ދެން އަހަރުމެން ދެންނެވީމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންނަވަނީ ﷲ އަދި އެކަލާނގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ މީގެ ހަތްދިހަ އަހަރު ކުރިން ނަރަކައިގެ މަތިން ވައްޓާލެވުނު ހިލައެކެވެ. އަދިވެސް އެހިލަ ނަރަކައިގެ އެންމެ އަޑީގައި ނުޖެހެވެ.”

އަދިވެސް ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހަތް ޚިލްފާތުގެ[އެބަހީ: ބަނޑުބޮޑު ހަތް ޖަމަލާ އެއްވަރު] ބޮޑު ހިލައެއް ނަރަކައިގެ އެއްފަރާތުން ވައްޓާލެވިއްޖެ ކަމުގައިވާނަމަ، އެހިލަ ހަތްދިހަ އަހަރު ވާއިރުގަވެސް ނަރަކައިގެ އެންމެ އަޑީގައި ނުޖެހޭނެވެ.” (صحيح الجامع الصغير)

3. ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނަށް، ވަރަށް ގިނަ ޢަދަދެއްގެ މަލާއިކަތުންވެގެން ނަރަކަ ގެންނާނެއެވެ. ނަރަކަ ގެނެވޭނެ ކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(وَجِيءَ يَوْمَئِذٍ بِجَهَنَّمَ) [سورة الفجر 23]

މާނައީ:”އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ.”

ރަސޫލު ﷲ صلى الله عليه وسلم  ޤިޔާމަތް ދުވަހު ނަރަކަ ގެނެވޭ ގޮތް ޞިފަ ކޮށްދެއްވަމުން ޙަދީޘް ކުރެއްވިއެވެ. “އެދުވަހުން ނަރަކަ ގެނެވޭނީ ހަތްދިހަހާސް ވާ ޖަހައިގެންނެވެ. އަދި ކޮންމެ ވަލެއްގައި ހަތްދިހާސް މަލާއިކަތުން ހިއްޕަވައިގެން ތިއްބަވާނެވެ.” [رواه مسلم]

ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިމަލާއިކަތުންގެ ގަދަފަދަކަން އެނގިގެން ނުވާ، ގިނަ ޢަދަދެއްގެ ގަދަފަދަ މަލާއިކަތުން މިނަރަކަ ގެންނެވުމަށް ބޭނުން ވުމުން، މިބިރުވެރި މަޚްލޫގުގެ [އެބަހީ: ނަރަކައިގެ] ބޮޑުކަން އަހަރުމެންނަށް ވަރަށް ރަނގަޅަށް ތަޞައްވަރުކުރެވެއެވެ.

4. ހަމައެފަދައިން ނަރަކައިގެ ބޮޑުކަން އެނގޭ އަނެއްކަމަކީ، ޤިޔާމަތް ދުވަހު އިރާއި ހަނދު ނަރަކައިގެ ތެރޭގައި ވާގޮތް ބަޔާން ކުރައްވާއިފައިވާ ޙަދީޘް ފުޅުންނެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

“ޤިޔާމަތް ދުވަހު އިރާ ހަނދު ނަރަކައިގެ ތެރޭގައި ވާނީ އޮޅާލެވިގެންވާ ދެގެރި ވާފަދައިންނެވެ.” (سلسلة الأحاديث الصحيحة)

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ