[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުރުތައްދުވެފައިވާ މީހަކު އިސްލާމްދީނަށް އެނބުރި އަންނާނީ ކިހިނެތް ހެއްޔެވެ؟

shahadha

ސުވާލު:

މީހަކު އިސްލާމްދީން ދޫކޮށް މުރުތައްދުވެ، ދެން އެއަށްފަހު އިސްލާމްދީނަށް އެނބުރި އައުމަށް ޢަޒުމު ކަނޑައަޅައިފިނަމަ، އޭނާ އިސްލާމްދީނަށް އެނބުރި އައުމަށް ކަންތައްކުރުން ވާޖިބުވާގޮތަކީ ކޮބާ ހެއްޔެވެ؟ އެ މުއްދަތެއްގެ ތެރޭގައި އިސްލާމްދީނަށް އެނބުރި އަންނަންޖެހޭ ވަކި މުއްދަތެއް ވޭ ހެއްޔެވެ؟

ޖަވާބު:
الحمد لله

މީހަކު އިސްލާމްދީން ދޫކޮށް މުރުތައްދުވެ، ދެން އެއަށްފަހު އިސްލާމްދީނަށް އެނބުރި އައުމަށް ޢަޒުމު ކަނޑައަޅައިފިނަމަ އޭނާ ޢަމަލުކުރުން ވާޖިބުވާގޮތަކީ ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ. އެއީ:

 أَشْهَدُ أَنْ لَا إِلهَ إلا اللهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ

މިފަދައިންނެވެ.

އޭނާ މުރުދަތައްދުވީ ދީނުގައި ޟަރޫރީކޮށް އެންމެން ދަންނަކަމަކަށް އިންކާރުކޮށްގެންކަމުގައިވާނަމަ، އޭނާ ފުރިހަމަ ރުޖޫޢައަކުން ރުޖޫޢަވީކަމަށް ބެލެވޭނީ އޭނާ އެއިންކާރުކުރިކަމަށް އިޤްރާރުވެ އެކަން ޤަބޫލުކުރުމުންނެވެ.

އެ މުއްދަތެއްގެ ތެރޭގައި އިސްލާމްދީނަށް އެނބުރި ރުޖޫޢަވާންޖެހޭ ވަކި މުއްދަތެއް ނުވެއެވެ. ފަހެ އޭނާގެ ރޫހު ނުނިކުންނަހާ ހިނދަކު ތައުބާވެ އިސްލާމްދީނަށް އެނބުރި އައުމުން އޭނާގެ ތައުބާ ޤަބޫލުކުރެވޭނެއެވެ.

ފަހެ އެކަމުގެ ވަޤުތު ހަމަވުމުގެ ކުރިން އިސްލާމްދީނަށް ރުޖޫޢަވުމުގެ ތައުފީޤު އޭނާއަށް ލިބި، އަދި އޭނާއަށް ކުރުން ކުޅަދާނަވި ދީނުގެ ޝިޢާރުތައް އަދާކުރުމުން އޭނާ ބެލެވޭނީ މުސްލިމެއްގެ ގޮތުގައެވެ.

ފަޟީލަތުއްޝައިޚް ޢަބްދުލްކަރީމް އަލްޚުޟައިރު

(ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ މަތީ މަޖިލީހުގެ މެމްބަރެއް)

_______________________________________

މިފަތުވާގެ އަޞްލު