[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 9

17760

ޢަބްދުއްރަޙްމާން ބުން ޒައިދު ބުން އަސްލަމް ވިދާޅުވިއެވެ.

“ސުވަރުގޭގެ ދަރަޖަތައް ވަނީ މައްޗަށް ދާވަރަކަށެވެ. އަދި ނަރަކައިގެ ދަރަޖަތައް ވަނީ އަޑިއަށް ދާވަރަކަށެވެ.”

ސަލަފުންގެ ބައެއް ބޭކަލުންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ގޮތުގައި، ﷲ އެއްކައުވަންތަ ކުރިމީހުންގެ ތެރެއިން ފާފަތަކުގެ ސަބަބުން ނަރަކަޔަށް ވަންނަންޖެހޭ މީހުންވާނީ ނަރަކައިގެ އެންމެ ފުރަތަމަ ވަތްގަނޑުގައެވެ. އަދި ދެވަނަ ވަތްގަނޑުގައި ޔަހޫދީންނެވެ. އަދި ތިންވަނަ ވަތްގަނޑުގައި ނަޞާރާއިންނެވެ. އަދި ހަތަރުވަނަ ވަތްގަނޑުގައި ޞާއިބުންނެވެ. އަދި ފަސްވަނަ ވަތްގަނޑުގައި މަޖޫސީންނެވެ. އަދި ހަވަނަ ވަތްގަނޑުގައި އަރަބީންގެ ތެރެއިން މުޝްރިކުންނެވެ. އަދި ހަތްވަނަ ވަތްގަނޑުގައި މުނާފިގުންނެވެ.

އަދި ބައެއް ފޮތްތަކުގައި ނަރަކައިގެ ވަތްގަނޑު ތަކުގެ ނަންތައްވެސް ޛިކުރު ކޮށްފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ ވަތްގަނޑުގެ ނަމަކީ ޖަހަންނަމެވެ. އަދި ދެވަނަ ވަތްގަނޑަކީ ލަޡާއެވެ. އަދި ތިންވަނަ ވަތްގަނޑަކީ އަލްޙުޠަމާއެވެ. އަދި ހަތަރުވަނަ ވަތްގަނޑަކީ އައްސަޢީރެވެ. އަދި ފަސްވަނަ ވަތްގަނޑަކީ ސަޤަރެވެ. އަދި ހަވަނަ ވަތްގަނޑަކީ އަލްޖަޙީމެވެ. އަދި ހަތްވަނަ ވަތްގަނޑަކީ އަލްހާވިޔާއެވެ.

އެހެން ނަމަވެސް މިގޮތަށް ނަރަކައިގެ އެކި ވަތްގަނޑު ތަކުގެ ނަންތައް އެއްވެސް ޞައްޙަ ނައްޞަކުން ޘާބިތެއް ނުވެއެވެ. ހަމައެފަދައިން މީސްތަކުންގެ ތެރެއިން މިވެނި ބަޔެއް ތިބޭނީ މިވެނި ވަތްގަނޑެއްގައި ކަންވެސް ޘާބިތެއް ނުވެއެވެ. އެހެން ނަމަވެސް ޞައްޙަ ގޮތަކީ، ޖަހަންނަމް، ލަޡާ، އަލްޙުޠަމާ، އައްސަޢީރު، ސަޤަރު، އަލްޖަޙީމު އަދި އަލްހާވިޔާ މިއީ ނަރަކައިގެ ނަންތަކުގެ ތެރެއިން ނަންތައްކަމެވެ. އަދި މިނަންތަކަކީ އެތަނުގެ ވަތްގަނޑުތަކުގެ ނަންތައް ނޫންކަމެވެ. އަދި ހަމައެފަދައިން މީސްތަކުންގެ ކާފަރުކަމާއި އަދި ފާފަތަކުގެ މިންވަރުން އެބައިމީހުންގެ ދަރަޖަ ނަރަކައިގައި ތަފާތު ވާނޭކަމެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ