[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (18)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އުންމަތް ހޭލުންތެރިކޮށް، [މީސްތަކުންގެ މައްޗަށް] ޙުއްޖަތް ޤާއިމުކޮށް، މުންކަރާތްތައް މަނާކުރުމަށް މަސައްކަތްކުރާ މީހުންގެ އަޑުއެހުމަކީ މުސްލިމް ގެއެއެއްގެ ފަރުދުންގެ ޝަޚުޞިއްޔަތު ބިނާކުރުމުގައި ވަރަށް މުހިންމު ކަމެކެވެ.

އޯޑިއޯތައް ވަރަށް ގިނައެވެ. އަދި ދަރުސްދޭ މީހުންވެސް ވަރަށް ގިނައެވެ. އެހެންކަމުން ޞައްޙަ މަންހަޖުގައި ތިބި މީހުން ދެނެގަނެ އެފަދަ މީހުންގެ ދަރުސްތައް އަޑުއެހުމަށް ސަމާލުކަން ދިނުމަކީ މުސްލިމުންގެ މައްޗަށް ވަރަށް މުހިންމު ކަމެކެވެ. އެފަދަ މީހުންގެ ޞިފަތަކަކީ:

* ނަޖާވެގެންވާ ފިރުޤާ، އެބަހީ: އަހްލުއްސުންނަ ވަލްޖަމާޢާގެ ޢަޤީދާގެ މަތީގައި ހުރި މީހަކަށް ވާންޖެހޭނެއެވެ. އަދި ސުންނަތަށް ތަބަޢަވާ އަދި ބިދުޢަތަކާ ދުރުހެލިވެގެންވާ މީހަކަށް ވާންޖެހޭނެއެވެ. އަދި މަންހަޖުގައި ޢަދުލުވެރި ހެޔޮ މިނެއްގައި ހިފަހައްޓާ މީހަކަށް ވާންޖެހޭނެއެވެ. އެހެނީ މާބޮޑަށް ހަރުކަށި އަދި މާބޮޑަށް ފަރުވާކުޑަކުރާ މީހަކަށްވެސްވެގެން ނުވާނެއެވެ.

* ޞައްޙަ ޙަދީޘްގެ މައްޗަށް ބަރޯސާވާ އަދި ޟަޢީފް ޙަދީޘްތަކާއި މައުޟޫޢު(ހަދާފައިވާ) ޙަދީޘްތަކާ ދުރުހެލިވާ މީހަކަށް ވާންޖެހޭނެއެވެ.

* މީސްތަކުގެ ޙާލާއި އުންމަތުގެ ޙަޤީޤަތް އެނގޭމީހަކަށް ވާންޖެހޭނެއެވެ. ބަލިހުރިތަނުގައި ބޭސް އަޅައިދޭމީހަކަށް ވާންޖެހޭނެއެވެ. އެހެނީ މީސްތަކުން ބޭނުންވާ ކަންތައްތައް ފޯރުކޮށްދެވޭ މީހަކަށް ވާންޖެހޭނެއެވެ.

* ކުޅަދާނަވީވަރަކުން ތެދު ބަހުން ވާހަކަ ދައްކާމީހަކަށް ވާންޖެހޭނެއެވެ. ބާޠިލް ވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި ﷲ ތަޢާލާ ނުރުއްސަވާ ކަމަކުން މީސްތަކުންގެ ރުހުން ހޯދައިގެން ނުވާނެއެވެ.

ކުޑަކުދިންނަށް އޭގެ އަޘަރުކުރުވާ ކިތައް އޯޑިއޯ ވޭ ހެއްޔެވެ؟ ޢުމުރުން ހަގު ޤާރީއެއްގެ ކިޔެވުން އަޑުއަހައިގެން ޤުރްއާން ހިތުދަސްކުރުންވިއަސް މެއެވެ. ނުވަތަ ހެނދުނާ ހަވީރުގެ ޛިކުރުތަކާއި އިސްލާމީ ރިވެތި އަދަބުތައްކަމުގައި ވިއަސްމެއެވެ. ނުވަތަ މާނަފުން މަދަޙަތަކާއި އަދިވެސް އެފަދަ ގޮތްގޮތުން ވިއަސްމެއެވެ.

ބޭނުންވާ އެއްޗެއް ފަސޭހައިން ޖަހާލެވޭ ފަދަގޮތަކަށް އޯޑިއޯތައް ތަރުތީބުކޮށްފައި ބެހެއްޓިދާނެއެވެ. އަދި އެތަކެތި ބަހައްޓަންވާނީ ކުޑަކުދިންނަށް އެއާކުޅެ ގެންލުން ނުދެވޭފަދަ ގޮތަކަށް ރައްކާތެރިކޮށްފައެވެ. އަދި ހަމައެހެންމެ އެއޯޑިއޯތައް އަޑުއެހުމަށްފަހު އެހެންމީހުންނަށް އަޑުއަހާލުމަށް ދެވިދާނެއެވެ. ނުވަތަ ހަދިޔާ ކުރެވިދާނެއެވެ. އަދި ބަދިގޭގައި އޯޑިއޯ ޕްލެޔަރެއް ބެހެއްޓުމަކީ ގޭގެ އަންހެންވެރިންނަށް ފައިދާކުރާނެކަމެކެވެ. އަދި ހަމައެފަދައިން ނިދާ ކޮޓަރީގައިވެސް އޯޑިއޯ ޕްލެޔަރެއް ބެހެއްޓުމަކީ އެންމެ ފަހު ވަޤުތުގައިވެސް އޭގެ ފައިދާކުރާނެ ކަމެކެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް