[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ މައްޗަށް ބޯބޭލުން ހުއްދަވެގެން ނުވުން

Merkur_heavy_duty_safety_razor

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު ޢައްބާސް رضي الله عنهما ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(( لَيْسَ عَلَى النِّسَاءِ حَلْقٌ، وإنما يُقَصِّرْنَ))[1]

 މާނައީ: “ބޯބޭލުމަކީ އަންހެންކަނބަލުންގެ މައްޗަށް އޮތްކަަމެއް ނޫނެވެ. އެކަނބަލުންނަށްވަނީ އިސްތަށިކޮށުމެވެ.

ރަސޫލާ – صلى الله عليه وسلم – ގެ މި ހަދީޘުން ދަލީލުކޮށްދެނީ އަންހެނުންގެ މައްޗަށް [ޙައްޖު ނުވަތަ ޢުމްރާކުރުމަށްފަހު] ބޯބޭލުން ހުއްދަވެގެން ނުވާކަމެވެ. މިކަމަށް ދަލީލު ކުރާ ބަސްފުޅަކީ (( لَيْسَ عَلَى النِّسَاءِ حَلْقٌ… )). އަދި މިބަސްފުޅުން ދޭހަވާ އަދި ދެވަނަ ފައިދާއަކީ [ޙައްޖު ނުވަތަ ޢުމްރާކުރުމަށްފަހު] ބޯބޭލުންވަނީ ހަމައެކަނި  ފިރިހެނުންގެ މައްޗަށްކަމެވެ.

މި ހަދީޘުން ދޭހަވާ އަނެއްކަމަކީ : [ޙައްޖު ނުވަތަ ޢުމްރާކުރުމަށްފަހު] ބޯކޮށުން އަންހެނުންގެ މައްޗަށް ވާޖިބުކަމެވެ. މިކަމަށް ދަލީލު ކުރާ ބަސްފުޅަކީ ((…  وإنما يُقَصِّرْنَ)). ދެން ސުވާލަކީ: ކޮށާނީ ކިހާވަރަކަށްތޯއެެވެ؟

އިލްމުވެރިން ވިދާޅުވަނީ: އަންހެނާގެ ބޮލުގެ އިސްތަށިގަނޑުން ގަތާފަވާ (ވިޔެފަވާ) ގޮތަށް އިސްތަށިކޮޅަކުން ކުރެ، ކޮންމެ އިސްތަށިކޮޅެއްގެ ކޮޅުގައި ހިފެހެއްޓުމަށްފަހު އިނގިއްޔެއްގެ ބަދައެއްގެ މިންވަރެވެ. މިކަން މިގޮތަށް އަންހެނުންގެ މައްޗަށް ވާޖިބުވަނީ ބޯކުރުކޮށްކޮށުމުގެ ސަބަބުން އޭނާގެ އިސްތަށިގަނޑު ޚަރާބުވެދާނެތީއެވެ. އަދި އެއީ އަންހެނާ އޭނާގެ ބޮލުގެ އިސްތަށިގަނޑު ހުރުމައް ލޯބިކުރާތީއާއި އެއީ އޭނާއަށް ލިބިގެންވާ ރީތި ކަމަކަށް ވާތީއެވެ. ދެން އަންހެނާއަށް ބޯ ބޭލުމަށް ނުވަތަ ކޮށުމަށް އަމުރު ކުރެވިއްޖެނަމަ  އަންހެނާގެ ރީތިކަމުގެ މަޤްޞަދާއި ރީތިވެއުޅުމުގެ މަޤްޞަދު ގެއްލިގެން ދިޔައީހެވެ.

ދެން މީހަކު ސުވާލުކުރީ : [ޙައްޖު ނުވަތަ ޢުމްރާކުރުމަށްފަހު] އަންހެނަކަށް މިއަށްވުރެން ބޮޑުކޮށް ކޮށިދާނެ ހެއްޔެވެ؟

ޖަވާބަކީ : އެކަން އޭނާއަށް ހުއްދަވެގެންވެއެވެ. ނަމަވެސް ޢިލްމުގެ އަހުލުވެރިންގެ މެދުގައި މަޝްހޫރުވެފައިވާ ބަހަކީ މިއައްވުރެ ކުރު ނުކުރެވޭނެކަމެވެ. (އެބަހީ: އިނގިއްޔެއްގެ ބަދައެއްގެ މިންވަރަށްވުރެ ކުރުނުކުރެވޭނެކަމެވެ). [2]

 _____________________________

[1]   رواه أبو داود بإسناد حسن

[2] މިލިޔުމަކީ އައްޝައިޚް މުޙައްމަދު ޞާލިޙް އައްޢުޘައިމީން رحمه الله ޝަރަޙަ ކުރައްވާފައިވާ “ބުލޫޣުލް މަރާމް” އޭ ކިޔުނު ޙަދީޘްފޮތުގެ ޙަދީޘެއްގެ ޝަރަޙައިގެ ތަރުޖަމާއެކެވެ.