[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މިހާރު އެއްވެސް މީހަކު ސުވަރުގޭގައި ވޭ ހެއްޔެވެ؟

baqeeu
ސުވާލު: ނަބީބޭކަލުންނާއި މަލާއިކަތުން ފިޔަވާ އެހެން އެއްވެސް ބަޔަކު މިހާރު ސުވަރުގޭގައި ވޭ ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެން އެންމެންވެސް ސުވަރުގެއަށް ނުވަތަ ނަރަކައަށް ވަނުމަށްޓަކައި ޤިޔާމަތް ވަންދެން އިންތިޒާރު ކުރާނީ ހެއްޔެވެ؟ އަޅުގަނޑަށް އަޑު އިވިފައިވާ ގޮތުގައި ބައެއް މީހުންނަށް ސުވަރުގެ ފެނިފައިވެއެވެ. ނުވަތަ އެމީހުން މިހާރުވެސް ސުވަރުގޭގައި ވާކަން ކަށަވަރެވެ. ނުވަތަ އެބައިމީހުންނަކީ ނަބީބޭކަލުން ނުވަތަ މަލާއިތުންކަމުގައި ނުވިނަމަވެސް މިހާރު އެބައިމީހުން ސުވަރުގެއަށް ވަދެ އެތާގައިވާ ތަކެތި އެބައިމީހުންނަށް ފެނިދާނެކަން ކަށަވަރެވެ.

ޖަވާބު:

الحمد لله

ﷲ ތަޢާލާވަނީ މިހާރުވެސް ސުވަރުގެ ޚަލްޤުކުރައްވާފައެވެ. އަންނަނިވި ޤުދުސިއްޔަ ޙަދީޘްގައިވާ އެކަލާނގެ ބަސްފުޅުން އެކަމަށް ދަލީލު ލިބެއެވެ.

((أَعْدَدْتُ لِعِبَادِيَ الصَّالِحِينَ مَا لَا عَيْنٌ رَأَتْ…))

މާނައީ: “ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާފަދަ (ތަނެއް) ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންނަށް ތިމަން އިލާހު ތައްޔާރުކުރައްވައިފީމުއެވެ…”

ޤިޔާމަތްދުވަހުގެ ކުރިން އިންސާނުންގެ ތެރެއިން އެކަކުވެސް އެތަނަށް ވަންނާނެ ހެއްޔެވެ؟

ބޮޑަށް ބުރަ ވެވެނީ އެކަންވަނީ ދެ ގޮތަކަށެވެ:

1 މަރުވެފައިވާ ޙާލު އެމީހެއްގެ ފުރާނަ ސުވަރުގެއަށް ވަނުން: މިއީ ނަބީބޭކަލުންނަށް ޘާބިތުވެފައިވާ ކަމެކެވެ. އަދި ޝަހީދުންނަށްވެސް ޘާބިތުވެފައިވާ ކަމެކެވެ. އެބައިމީހުންގެ ފުރާނަތައްވާނީ ފެހިކުލައިގެ ދޫނީގެ ތެރޭގައެވެ. އަދި ސުވަރުގޭގައި އެ އުދުހި އެޅޭނެއެވެ. އަދި ހަމައެފަދައިން ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތުގައި އެކަލޭގެފާނުގެ ހުވަފެންޕުޅުގައި އެކަލޭގެފާނު ސުވަރުގެއަށް ވެދެވަޑައިގަތެވެ. ފަހެ އެއީވެސް ރޫޙަށް މެދުވެރިވި ކަމެކެވެ.

2 ދެން ފަހެ ހަށިގަނޑާ ފުރާނައާއެކު ސުވަރުގެ ވަނުމާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އިންސީންނަށާއި ޖިންނީންނަށް އެކަންވާހުށީ ޤިޔާމަތްދުވަހުއެވެ. މީގެން އިސްތިޘްނާވަނީ އާދަމްގެފާނު عليه السلام ބިމަށް ފޮނުއްވުމުގެ ކުރިން އެކަލޭގެފާނު ސުވަރުގޭގައި އުޅުއްވިކަމެވެ.  އެފަދައިން އިބްނުލް ޤައްޔިމް رحمه الله އަދި އެނޫން ޢިލްމުވެރިންވެސް ވިދާޅުވެފައިވެއެވެ.

والله أعلم .

އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު

____________________________________

ފަތުވާގެ އަޞްލު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން