[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އިސްލާމްދީނަށް އެއްޗެތި ކިޔުމުގެ ޙުކުމް

islaam dheenah ehchehi kiyumaky

ސުވާލު: … އިސްލާމްދީނަށް އެއްޗެތި ކިޔުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޖަވާބު: އިސްލާމްދީނަށް އެއްޗެތި ކިޔުމަކީ ކުފުރެކެވެ. އެހެނީ އިސްލާމްދީނަށް ކިޔޭ ކޮންމެ އެއްޗަކީ ﷲ سبحانه وتعالى އަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔޭ އެއްޗެކެވެ. އިސްލާމްދީނަކީ އެ ދީނަކާއިގެން ﷲ ގެ ރަސޫލާ ފޮނުއްވުނު ދީނެވެ. އަދި ދީނެއްކަމުގައި އެއިލާހުގެ އަޅުތަކުންނަށް އެއިލާހު ރުހިވޮޑިގެންވާ ދީނަކީ އެއީއެވެ. ފަހެ އެދީނަށް މީހަކު އެއްޗެތި ކިޔައިފިނަމަ ފަހެ އޭނާއަށް އެއްޗެތި އެކިޔެނީ ﷲ އަށާއި އެއިލާހުގެ ޙިކްމަތްވަންތަކާއި އެއިލާހު އިޚްތިޔާރުކުރައްވާ ގޮތަށެވެ. އަދި ހަމަ އެފަދައިން ރަސޫލާ  صلى الله عليه وسلم އާ އެއްޗެތި ކިޔުންވެސް އެއީ ކުފުރެކެވެ. އެހެނީ މިރިސާލަތާއި މިދީން [މީސްތަކުންނާ] ހަމައަށް ގެނެސްދެއްވީ އެކަލޭގެފާނެވެ.

– އެފަދަ ކަންތައްތަކުން ﷲ ތަޢާލާ އަޅުގަނޑުމެން ރައްކާތެރިކުރައްވާނދޭވެ –

الشيخ محمد بن صالح العثيمين  رحمه الله

________________________________________________

މިފަތުވާގެ އަޞްލު ބެއްލެވުމަށް