[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 31 “ޤިޔާމަތުގެ ޢަލާމާތްތަކުގެ ގިންތިތައް.”

qiyaamai vumuge

ދެވަނަ ފަޞްލު

ޤިޔާމަތުގެ ޢަލާމާތްތައް ބެހިފައިވާ ބައިތައް.

ޤިޔާމަތުގެ ޢަލާމާތްތައް ދެބަޔަކަށް ބެހިގެންވެއެވެ:

1. ކުދި ޢަލާމާތްތައް:

އެއީ ޤިޔާމަތްވުމުގެ ކުރިން ޒަމާންތަކެއްގެކުރިން ފާޅުވާ ޤިޔާމަގެ ޢަލާމާތްތަކެވެ. މިކަންތައްތައް ވާހުށީ އާދައިގެ ގޮތަކަށެވެ. ޢިލްމު އުފުއްލެވުމާއި، ޖާހިލުކަން ފާޅުވުމާއި، ރާބުއިމާއި އަދި ޢިމާރާތްތައް އުސްވުން ފަދަ މިބާވަތުގެ ކަންކަމެވެ… މީގެ ތެރެއިން ބައެއް ކަންކަން ފާޅުވާނީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކާ އެކުއެކީގައި ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ އޭގެ ފަހުންނެވެ.

2. ބޮޑެތި ޢަލާމާތްތައް:

އެއީ ޤިޔާމަތުގެ ވަޤުތު ކުޑަތަންވުމުން ފާޅުވާ ބޮޑެތިބޮޑެތި ކަންކަމެވެ. އެކަން ވާހުށީ އާދަޔާ ޚިލާފު ގޮތަކަނެވެ. ދައްޖާލު ފާޅުވުމާއި ޢީސާ عليه السلام ފާޅުކުރެއްވުމާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުމާއި އަދި ހުޅަނގުފަރާތުން އިރު އެރުންފަދަ ކަންކަމެވެ.[1]

އަދި ޤިޔާމަތުގެ ޢަލާމާތްތައް ފާޅުވާގޮތައް ބައްލަވާ، އެކަން 3 ބަޔަކަށްވެސް ބައެއް ޢިލްމުވެރިން ބައްސަވައެވެ[2]:

1. ފާޅުވެ ނިމިފައިވާ [ޢަލާމާތްތައް] ހިމެނޭބައި.

2. ފާޅުވުމަށްފަހު އެއްކަން އަނެއްކަމަށް ތަބާވެ އިތުރުވެ ގިނަވަމުން އަދިވެސް ހިނގަމުންދާ [ޢަލާމާތައް] ހިމެނޭބައި.

3. އަދިއަދަށް ދާންދެން ފާޅުނުވެހުރި [ޢަލާމާތްތައް] ހިމެނޭބައި.

ފުރަތަމަ ދެބައި ދަންނައެވެ. ފަހެ އެކަން ވަނީ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިންނެވެ. އަދި ތިންވަނަ ބައި ދަންނައެވެ. ފަހެ އޭގައި ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކާއެކު ޤިޔާމަތުގެ ބައެއް ކުދި ޢަލާމާތްތައްވެސް ހިމެނިގެންވެއެވެ.

*******

__________________________________________

[1] ބައްލަވާ: ((التذكرة)) للقرطبي، (ص 624)، و ((فتح الباري)) (13/ 485)، وكتاب ((إكمال العلم شرح صحيح مسلم)) (1 / 70) لأبي عبد الله محمد بن خليفة الأبي المالكي، طبع دار الكتب العلمية، بيروت، وانظر مقدمة كتاب ((التصريح بما تواتر في نزول المسيح)) (ص 9) للمحدث الشيخ محمد أنور شاه الكشميري الهندي، ترتيب تلميذه الشيخ محمد شفيع، وتحقيق وتعليق الشيخ عبد الفتاح أبو غدة، طبع مطبعة الأصيل، حلب، نشر المطبوعات الإسلامية، جمعية التعليم الشرعي، (1385هـ).

[2] ބައްލަވާ: ((فتح الباري)) (13/83/84)، و ((الإشاعة لأشراط الساعة)) (ص 3) للبرزنجي، و ((لوامع الأنوار البهية وسواطع الأسرار الأثرية)) (2/66) للعلامة محمد بن أحمد السفاريني الحنبلي، تعليق الشيخ عبد الله بن عبد الرحمن أبا بطين والشيخ سليمان بن سحمان من علماء نجد، من منشورات الخافقين ومكتبتها، دمشق، الطبعة الثانية، (1402 هـ).