[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (24)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭގައި އެކަނި ރޭގަނޑު ހޭދަނުކުރުން:

عَنِ ابْنِ عُمَرَ -رضي الله عنه- ((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الْوَحْدَةِ، أَنْ يَبِيتَ الرَّجُلُ وَحْدَهُ أَوْ يُسَافِرَ وَحْدَهُ)) [أحمد في المسند ٢/٩١]

 މާނައީ: އިބްނު ޢުމަރު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. “ހަމަކަށަވަރުން އެކަނި އުޅުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ. (އެއީ) ރޭގަނޑު އެކަނި ހޭދަކުރުން ނުވަތަ އެކަނި ދަތުރުކުރުމެވެ.”

 

މިކަން ނަހީ ކުރައްވާފައި މިވަނީ އެކަނި އުޅޭއިރު ޢަދުއްވެއްގެ ހަމަލާއެއް ނުވަތަ ވަގެއް ނުވަތަ ބައްޔެއް ކުރިމަތިވުމުން އެކަނިވެރިކަމަކާއެކު އެކަމާ ކުރިމަތިލާން ޖެހޭނެތީއެވެ. ފަހެ، އޭނާއާއެކު ބައިވެރިއަކު ހުރިކަމުގައިވާނަމަ ޢަދުއްވުގެ ނުވަތަ ވަގުގެ ހަމަލާއިން ސަލާމަތްވުމަށް އެހީތެރިވެދޭނެއެވެ. އަދި ބަލިވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. [ބައްލަވާ: الفتح الرباني ٥/٦٤]

 

ގޭގެ ފުރާޅުމަތީގައި ނުނިދުން:

ވަށާ ފާރެއްލާފައިނުވާ ފުރާޅެއްގެ މަތީގައި ނުނިދާ ހުށިކަމެވެ. އެއީ އެތަނުން ވެއްޓިދާނެތީއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« مَنْ بَاتَ عَلَى ظَهْرِ بَيْتٍ لَيْسَ لَهُ حِجَارٌ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ » [رواه أبو دود ، السنن رقم ٥٠٤١، وهو في صحيح الجامع ٦١١٣ وشرحه في عون المعبود ١٣/٣٨٤]

މާނައީ: “ވަށައިގެން ފާރެއް (ނުވަތަ އެނޫނަސް ފުރާޅުމަތިން ވެއްޓުން މަނާކުރާފަދަ ހުރަހެއް) ނުވާ ގޭގެ ފުރާޅުމަތީގައި ރޭގަނޑު ހޭދަކޮށްފިމީހަކު އެވަނީ ރައްކާތެރިކުރެއްވުމުގެ ޒިންމާއިން ބަރީއަވެގެންވެއެވެ.”

ނިދީގައި އޭނާ ފުރޮޅޭއިރު ފުރާޅުގެ ވަށައިގެން ފާރެއް ނުވަތަ ފަރުދާއެއް ނުވަތަ މީހަކު އެތަނުން ވެއްޓުން މަނާކުރާ ހުރަހެއް ނުވާނަމަ ފަހެ، އޭނާ އެތަނުން ވެއްޓި މަރުވެދާނެއެވެ. އެފަދަ ޙާލަތެއްގައި އެއްވެސް މީހަކު އެމީހާގެ މަރުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ނުވަތަ އޭނާ އޭނާގެ ރައްކާތެރިކަމާމެދު އިހްމާލުވުމުން ﷲ ތަޢާލާ އޭނާ ރައްކާތެރިކުރައްވާ ސަލާމަތް ނުކުރެއްވީކަމުގައިވުން އެކަށީގެންވެއެވެ. އެއީ އޭނާ ސަބަބުތަކުގައި ނުހިފުމުންނެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް