[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (25)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭގައި ގެންގުޅޭ ބުޅާ، ތެލި ތަށިން ކައިބޮއެ ހެދުމުން އެތެލި ތަށި ނުވަތަ އޭގައި ހުރި ކާއެއްޗެހި ނަޖިހެއް ނުވެއެވެ.

عَنْ عَبْدِ اللهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ أَنَّهُ: وُضِعَ لَهُ وَضُوءٌ فَوَلَغَ فِيهِ السِّنَّوْرُ “الهر”، فَأَخَذَ يَتَوَضَّأ

فَقَالُوا: يَا أَبَا قَتَادَةَ قَدْ وَلَغَ فِيهِ السِّنَّوْرُ

فَقَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « السِّنَّوْرُ مِنْ أَهْلِ الْبَيْتِ، وَإِنَّهُ مِنَ الطَّوَّافِينَ، وَ الطَّوَّافَاتِ، عَلَيْكُمْ »

[رواه أحمد في المسند ٥/٣٠٩ وهو في صحيح الجامع ٣٦٩٤]

وفي رواية :

« إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ وَالطَّوَّافَاتِ عَلَيْكُمْ »

[رواه أحمد في المسند ٥/٣٠٩ وهو في صحيح الجامع ٢٤٣٧]

މާނައީ: “ޢަބްދުﷲ ބުން އަބީ ޤަތާދާ އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވުޟޫކުރުމަށްޓަކައި ފެންނެގުމުން ފަހެ، ބުޅަލެއް އައިސް އޭގެން ފެންބުޔެވެ. ދެންފަހެ އެއިން ފެންނަންގަވާ ވުޟޫކުރެއްވިއެވެ.

ފަހެ، އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ އަބޫ ޤަތާދާއެވެ. ތިއި ބުޅަލެއް ފެން ބޮއެފި ނޫންހެއްޔެވެ.”

ފަހެ، އެކަލޭގެފާނު ދެންނެވިއެވެ. “ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަން އެހީމެވެ. “ބުޅަލަކީ ގޭގެ އަހުލުންގެ ތެރެއިންވާ އެއްޗެކެވެ. އަދި އެއީ ގޭތެރެއަށް ވަދެނިކުމެ އުޅޭ އަންހެން އަދި ފިރިހެން ޚާދިމުންފަދައިންވާ އެއްޗެކެވެ.””

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

“އެއީ ނަޖިސް އެއްޗެއް ނޫނެވެ. އެއީ ގޭތެރެއަށް ވަދެނިކުމެ އުޅޭ އަންހެން އަދި ފިރިހެން ޚާދިމުންފަދައިންވާ އެއްޗެކެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް