[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިރުކުގެ ވައްތަރުތައް2

ކުދި ޝިރުކުގެ ފުރަތަމަ ބައި: ފާޅުވެގެންވާ ޝިރުކެވެ. ލަފުޒުންނާއި ޢަމަލުންނެވެ. ފަހެ ލަފްޒުން ޝިރުކުވާ ގޮތަކީ ޝިރުގެ ލަފްޒު ނުވަތަ ޢިބާރާތް ބުނުމެވެ. މިސާލަކަށް ﷲ ފިޔަވައި އެހެންތަކެތި ގަންދީ ހުވާކުރުންފަދަ ކަންކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ )) [رواه الترمذي وحسّنه وصَحَّحَهُ الحاكم]‏ މާނައީ: ﷲ ފިޔަވައި އެހެން އެއްޗެއް ގަންދީ ހުވައިކޮށްފިމީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ. މިއެވެ. އޭގެ އަނެއް މިސާލަކީ ﷲ އިރާދަކުރެއްވިއްޔާއެވެ އަދި ކަލޭ ގަސްތުކުރިއްޔާއެވެ މިފަދަ ޢިބާރާތް ބުނުމެވެ. މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި ދިމާއަށް އެފަދަ ޢިބާރާތެއް ދެންނެވިހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަލޭ އަހުރެން އެކަލާނގެއާ އެއްފަދަ ކުރީހެއްޔެވެ. ހަމައެކަނި އެއްކައުވަންތަ ﷲ އިރާދަ ކުރެއްވިއްޔާއެވެ. އެކަނި ބުނާށެވެ. މިވާހަކަ އައްނަސާއީ އެވެ ކިއުނު ފޮތުގައި ރިވާވެގެންވެއެވެ. އޭގެ އަނެއް ޢިބާރާތަކީ: ﷲ އާއި އަދި އެވެނި މީހާއާއި ނުވިނަމައެވެ. މިއެވެ. މިއީވެސް ޝިރުކުގެ ޢިބާރާތެކެވެ. ކުރީ ޢިބާރާތުގެ ރަނގަޅުގޮތަކީ (ﷲ އިރާދަކުރެއްވިއްޔާއެވެ. ދެން އެވެނިމީހަކު ގަސްތުކުރިއްޔާއެވެ.) އަދި ﷲ އާއި ދެން އެވެނި މީހަކު ނުވިނަމައެވެ. އެގޮތަކީ “އަދި” ނުވަތަ “އެކުގައި” މިދެގޮތަށް ކީމާވެސް ﷲ އާއިއެކު އެހެން ފަރާތެއް ބައިވެރި ކުރެވެނީއެވެ. އަކަމަކު “ދެން” މިލަފްޒު ކީމާ ﷲއާއި އެކު އެހެން ފަރާތެއް ބައިވެރިއެއް ނުވެއެވެ. އޭރުން ﷲގެ އަޅާގެ ގަސްދާއި އޭނާގެ ޢަމަލު އެވަނީ ﷲގެ މަށިއްއަތުގެ ދަށުގައެވެ. (ﷲގެ އިރާދައިގެ ދަށުގައެވެ.) އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވާފައިންނެވެ. ﴿وَمَا تَشَاؤُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ﴾ [التكوير:٢٩ ] މާނައީ: “ﷲ އިރާދަކުރެއްވިއްޔާ މެނުވީ ކަލޭމެންނަށް ގަސްދު ނުކުރެވޭނެއެވެ. ހީނުކުރެވޭނެއެވެ. އެއީ ޢަލާމާތްތަކުގެ ވެރި ރައްބެވެ. މިއެވެ. “އަދި” މިލަފްޒުން ދޭހަވާގޮތަކީ ހަމައެކަނި ޖަމާކޮށްދީ އެއްކޮށް ދިނުމެވެ. ތަރުތީބު ކޮށްދިނުމެއް އިސްފަސް ކޮށްދިނުމެއް ނުވެއެވެ. އެކަހަލަ ޢިބާރާތް ހުންނަގޮތަކީ މިސާލަކަށް “އަހުރެންނަށް ﷲ އާއި އަދި ކަލޭ މެނުވީ އެވެ. މިއީ ﷲ އާއި އަދި ކަލޭގެ ބަރަކާތެވެ.” މިދެ ޢިބާރާތަކީވެސް ޝިރުކުގެ ދެޢިބާރާތެވެ. އެއީ ﷲ އާއި އެކު އެހެން ފަރާތެއް ހަމަހަމަ ކުރެވޭތީއެވެ. އެދެ ޢިބާރާތުގެ ރަނގަޅުގޮތަކީ “އަހަރެންނަށް ﷲ އާއި ދެން ކަލޭ މެނުވީއެވެ. “އަދި” މިއީ ﷲ އާއި ދެން ކަލޭގެ ބަރަކާތެވެ. “މިއީ ރަނގަޅު ދެޢިބާރާތެވެ. އެއީ ﷲ އިސްކޮށް ދެން އޭގެ ފަހަށް އެކަލާނގެ އަޅާގެނަން ބުނެތީއެވެ. ވީމާ އެކަލާނގެއާއި ހަމަހަމަވުން ނެތެވެ. (ﷲ އާއި “އަދި” ނުވަތަ “އެކުގައި”) ކިއުން ނުބައެވެ. (ﷲއާއި “ދެން” ނުވަތަ “އެއަށްފަހު” ކިއުން ރަނގަޅެވެ. ޢަމަލީ ގޮތުން ޝިރްކު ވެވޭ ގޮތަކީ: ބަލާޔާ މުޞީބާތް ދުރުކުރުމަށްޓަކައި ނުވަތަ އެއިން ދިފާޢު ވުމަށްޓަކައި (ފަންޑިތަ ހަދާފައި) އުނުގައްޔާއި، ހަށިގަނޑުގެ ތަންތާ ރޮދިފަށް ނުވަތަ އަގޮޓިފަދަ ބޮޅުފަދަތަކެތި އެޅުމެވެ. އޭގެ މިސާލަކީ އެސްފީނާޔާއި އަދިވެސް އެފަދަކަންތަކުން ސަލާމަތްވާނެކަމުގެ ސަބަބެއްކަމުގައި އިޢުތިޤާދު ކޮށްގެން ތަވީދާއި އެބާވަތުގެ ތަކެތި އެޅުމެވެ. އެއީ ކުދި ޝިރުކެވެ. އެހެނީ އެފަދަ ތަކެތި އެއީ ސަބަބުތަކެއް ކަމުގައި ﷲ ނުލައްވައެވެ. އަދި ދަންނައެވެ. ތަވީދު އޭގެ ޒާތުގައި އެކަނި ބަލާޔާއި މުޞީބާތް ދިފާޢުކޮށް ދުރުކޮށްދޭ އެއްޗެއްކަމުގައި އިޢުތިޤާދު ކޮށްފިނަމަ އެއީ ބޮޑު ޝިރުކެވެ. އެއީ ﷲ ނޫންފަރާތަކަށް ތިމާގެ އިޢުތިޤާދު ކަނޑަ އެޅޭ ކަމަށްޓަކައެވެ.