[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 2 ، د 1 – ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވާ ކަންތައް)

thauheedh 4 pic

ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވާ ކަންތައް

ދަންނާށެވެ. – ﷲ ތިބާއަށް ރަޙުމަތްލައްވާށިއެވެ – ﷲ ތަޢާލާ އާދަމުގެ ދަރިޔާގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވަނީ ﷲއަށް އީމާންވުމާއި ޠާޣޫތުތަކަށް ކާފަރުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ގެ ވަޙީއަންނަނިވި ބަސްފުޅެވެ.

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ…﴾[ سورة النحل ٣٦ ]

މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، (ހަމައެކަނި) ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުތަކާއި ދުރުހެލިވުމަށް އެންގެވުމަށެވެ… “

ޠާޣޫތުތަކަށް ކާފަރުވާނޭ ގޮތް

ޠާޣޫތުތަކަށް ކާފަރުވާނޭ ގޮތާމެދު ދަންނައެވެ. ފަހެ އެއީ ﷲނޫން އެހެން ފަރާތަކަށް އަޅުކަންކުރުމަކީ ބާޠިލުކަމެއްކަމުގައި އިޢުތިޤާދުކުރުމެވެ. އަދި އެކަން ކުރުން ދޫކޮށްލާ، އެކަމަށް ނުރުހުމެވެ.

ދަރުސްގެ އިރުޝާދުތައް

* ޠާޣޫތުތަކަށް ކާފަރުނުވެ އީމާންކަން ޞައްޙަނުވާނެއެވެ. ފަހެ ﷲ އަށް އަޅުކަންކުރުމުގެ އަމުރު އެއިލާހުވަނީ ޠާޣޫތުތަކާއި ދުރުހެލިވުމުގެ އަމުރާ އެކުއެކީ (ކީރިތި ޤުރުއާނުގައި) ގެންނަވާފައެވެ.

﴿…أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ…﴾[ سورة النحل ٣٦ ]

މާނައީ: ” … އެއީ (ހަމައެކަނި) ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުތަކާއި ދުރުހެލިވުމަށް އެންގެވުމަށެވެ…”

* ޠާޣޫތުތަކަށް ކާފަރުވުން ޞައްޙަވާނީ ވަރަށް ގިނަ ކަންތައްތަކެއްގެ ޛަރީޢާއިންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

1 ﷲ ނޫން އެހެންފަރާތަކަށް އަޅުކަންކުރުމަކީ ބާޠިލުކަމެއްކަމުގައި އިޢުތިޤާދުކުރުން. އެ އަޅުކަންކުރެވޭ ފަރާތަކީ މަލާއިކަތެއްކަމުގައި ނުވަތަ ނަބީބޭކަލެއްކަމުގައި ވިޔަސްމެއެވެ.

2 ﷲ ނޫން އެހެން ފަރާތަކަށް އަޅުކަންކުރުމުން އެއްކިބާވުން. ފަހެ އެއީ ﷲ ނޫން އެހެން ފަރާތަކަށް ދުޢާނުކުރުމެވެ. އަދި ﷲ ނޫން އެހެން ފަރާތަކަށް ވަކީލުނުކުރުމެވެ. އަދި ﷲ އަށްޓަކައި މެނުވީ ޖަނަވާރުތައް ކަތިލާ ޛަބަޙަނުކުރުމެވެ. އަދި ﷲއަށްޓަކައި މެނުވީ ނަދުރު ނުބުނުމެވެ. އަދިވެސް މިފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ.

3 ޝިރުކާއި އޭގެ އަހުުލުވެރިން ދެކެ ރުޅިއައުން.

4 ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކޮށް ޝަރީކަކުރާމީހުންނަކީ ކާފަރުންކަމުގައި އިޢުތިޤާދުކުރުން.

* ލޯބިވުމާއި އަދި ރުޅިއައުމަކީވެސް ދީނުގައި ހިމެނިފައިވާ ކަންތައްތަކެވެ. އެގޮތުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ އެއްކައުވަންތަކުރުމަށް (ތައުޙީދަށް) ލޯބިކޮށް، ﷲ އަށް ކިޔަމަންގަތުމަށް ލޯބިކުރުމަށެވެ. އަދި ޝިރުކާއި ފާފަތަކާމެދު ރުޅިއައުމެވެ.

ސުވާލުތައް

1 – ﷲ ތަޢާލާ އާދަމުގެ ދަރިޔާގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟެއްކަމުގައި ލައްވާފައިވަނީ ކޮންކަމެއް؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.

2 ޠާޣޫތުތަކަށް ކާފަރުވުން ޞައްޙަވާނީ ކިހިނެތް ހެއްޔެވެ؟

3 ޠާޣޫތުތަކަށް ކާފަރުވާނީ ކިހިނެތް ހެއްޔެވެ؟

4 ﷲ ނޫން އެހެން ފަރާތަކަށް އަޅުކަންކޮށްފި މީހާގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ