[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ދަލާއިލުއް ތައުޙީދި

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން ހެއްދެވީ އެއިލާހު އެއްކައުވަންތަކުރުމަށެވެ. ދުނިޔެ އުފެއްދެވީވެސް ދުނިޔޭގައިވާ މަޚްލޫޤާތުތައް އެއިލާހަށް އެއްކައުވަންތަގޮތުގައި އަޅުކަންކުރުމަށްޓަކައެވެ. ހުރިހާ ރަސޫލުންނާ ނަބީން ފޮނުއްވުނީވެސް އެކަމަށްޓަކައެވެ. ބާވައިލެއްވުނު ހުރިހާ ފޮތްތައް ބާވައިލެއްވުނީވެސް އެކަމަށްޓަކައެވެ. ރަސޫލުބޭކަލުންނަށާއި ނަބީބޭކަލުންނަށް ދެއްވުނު ހުރިހާ މުޢުޖިޒާތްތައް ދެއްވުނީވެސް އެކަމަށްޓަކައެވެ. ޤިޔާމަތްދުވަސް ލެއްވުނީވެސް އެކަމަށްޓަކައެވެ. ޙިސާބު ބެއްލެވުމާއި ތިލަފަތްވަނީވެސް އެކަމަށްޓަކައެވެ. ސުވަރުގެ ހެއްދެވުނީ އެކަމަށްޓަކައެވެ. ނަރަކަ ހެއްދެވުނީވެސް އެކަމަށްޓަކައެވެ. އާދެ! ﷲ ތަޢާލާގެ ތައުޙީދަށްޓަކައެވެ.

ތައުޙީދު އުނގެނުމަކީ އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވާކަންތައް ކަމަށްވެފައި މިހާރަކަށްއައިސް ތައުޙީދާ ފުށުއަރާ އަދި ޝިރުކާއި ކުފުރާ ދޯޅު ވަރަށް ގިނަ ކަންތައްތައް މުޖްތަމަޢުން ފެންނަމުންދާތީ، އެފަދަ ކަންތައްތައް ފާހަގަކޮށް، ދެނެގަނެ އެކަންތައްތަކުން އެއްކިބާވުމަށްޓަކައި އިސްލާމްދީނުގެ ސާފު ޢަޤީދާގެ މައުލޫމާތު އަތްފޯރާ ހިސާބުގައި ލިބެންހުރުމުގެ ބޭނުންތެރިކަން ބޮޑުކަމުން ތަރުޖަމާކުރެވުނު މި ފޮތަކީ އިސްލާމްދީނުގެ މުޖައްދިދު ޝައިޚް މުޙައްމަދު ބިން ޢަބްދިލްވައްހާބަށް ނިސްބަތްކުރެވިފައިވާ ފޮތެކެވެ.

މިފޮތުން އިސްލާމީ ޢަޤީދާގެ މުހިއްމު ގިނަ ކަންތައްތަކެއް ސާފުވެގެންދާނެ އެވެ. إن شاء الله 

ފޮތުގެ ނަން:  ދަލާއިލުއް ތައުޙީދި

ލިޔުއްވީ:  މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ޞަފްޙާގެ ޢަދަދު: 50 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 2.18 mb

Dhalaail Al Thauheedh