[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 2 ، د 4 – ﷲ ތަޢާލާ ބާވާލެއްވި ޙުކުމް ފިޔަވާ އެހެން އެއްޗަކުން ހުކުމްކުރުން)

thauheedh 4 pic

 ދެވަނައީ (ދެވަނަ ޠާޣޫތަކީ): ﷲގެ ޙުކުމްތައް ބަދަލުކުރާ ޙާކިމާއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅެވެ.

﴿أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا﴾  [سورة النساء ٦٠]

މާނައީ: “ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމު ހެއްޔެވެ.  ޙުކުމް ލިބިގަންނަންޠާޣޫތުންގެ ގާތަށް ދިއުމަށް އެބައިމީހުން އެދެއެވެ. ހަމަކަށަވަރުން އެ ފަރާތްތަކަށް(އެބަހީ: ޠާޣޫތުންނަށް) ކާފަރުވުމަށް އެބައިމީހުންނަށް އަމުރުކުރައްވާފައިވާ ޙާލުގައެވެ. އަދި ޝައިޠާނާ އެދެނީ (ޙައްޤު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެބައިމީހުން މަގުފުރެއްދުމަށެވެ.”

ދަރުސްގެ އިރުޝާދުތައް

* ﷲ ގެ ޝަރީޢަތް ބަދަލުކޮށް، އަދި އެއިލާހު ޙަރާމްކުރައްވާފައިވާ އެއްޗެއް ހުއްދަކޮށް އަދި ޙަލާލުކުރައްވާފައިވާ އެއްޗެއް ޙަރާމްކޮށް އެއިލާހުގެ ޙުކުމްތައް ބަދަލުކުރާމީހާއަކީ ޠާޣޫތެކެވެ.

* ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތެއް މާ މޮޅުކަމަށް އިޢުތިޤާދުކުރުމާއެކު(ޤަބޫލުކުރުމާއެކު)، ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތަކަށް ޙުކުމްކުރާ މީހާއީ މިއްލަތުން ބޭރުވެފައިވާ ޠާޣޫތެކެވެ.

* މުސްލިމު މީހާގެ މައްޗަށް އޮތީ އޭނާގެ ރައްުބު ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ހުރުމެވެ. އަދި ﷲ ބާވާލެއްވި ޙުކުމާ އެއްގޮތަށް ޙުކުމްކުރުމެވެ. އަދި ﷲގެ ޝަރީޢަތަށް އެއްވެސް ބަދަލެއް، އުނިއިތުރެއް ނުގެނައުމެވެ.

ސުވާލުތައް

1 ﷲގެ ޙުކުމް ބަދަލުކޮށްފި މީހަކަށް ކިޔަނީ ކީކޭ ހެއްޔެވެ؟

2 ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތެއް މާ މޮޅުކަމަށް އިޢުތިޤާދުކުރުމާއެކު(ޤަބޫލުކުރުމާއެކު)، ﷲ ގެ ޝަރީޢަތް ނޫން އެހެން ޝަރީޢަތަކަށް ޙުކުމްކުރާ މީހާއަށް ކިޔަނީ ކީކޭ ހެއްޔެވެ؟

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ