[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ފަތިސްނަމާދު ފަހުން ނިދުމުގެ ޙުކުމް

bed

ފަތިސްނަމާދު ފަހުން ނިދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެއީ ހިތްހަރުވާ ކަމެއް ހެއްޔެވެ؟ އަދި އެކަމަކީ މުންކަރާތެއްކަމުގައި ބެލެވޭނެ ހެއްޔެވެ؟ جزاكم الله خيراً.

ޖަވާބު: ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.

ފަހެ ފަތިސް[ނަމާދުގެ] ފަހުން ނިދުމަކީ މައްސަލައެއްނޫނެވެ. އަދި ޢަޞުރު[ނަމާދުގެ] ފަހުން ނިދުމަކީވެސް މައްސަލައެއްނޫނެވެ.

ނަމަވެސް އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް [1] ތަސްބީޙަކިޔާ [2] ތަހްލީލުކިޔުމާ [3]، މިފަދަކަންކަމުގައި، ފަތިސް[ނަމާދުގެ] ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.

 މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.

جزاكم الله خيراً.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ( ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)

 

މިފަތުވާގެ އަޞްލު

__________________________________________

[1] އިސްތިޣްފާރުކުރުން: أَسْتَغْفِرُ اللهَ ކިޔުން

[2] ތަސްބީޙަކިޔުން: سُبْحَانَ اللهِ ކިޔުން

[3] ތަހްލީލުކިޔުން: لا إلٰهِ إلاّ اللهُ ކިޔުން