[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إن شاء الله ކިއުމުގެ މުހިއްމުކަން

ކުޑަކުޑަ ޝަހަރެއްގައި ހުކުރު ދުވަހުގެ ޚުތުބާގައި ކަމެއްކުރަން ގަސްތުކުރާއިރު إن شاء الله (ﷲ ގެ އިރާދަފުޅުން) ކިއުމުގެ މުހިއްމުކަމާއި ބެހޭގޮތުން އަލިއެޅުއްވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެދުވަހުގެ ޙުތުބާ އަޑުއެހުމަށް ހުރި ޒުވާނަކު ގެރިއެއް ގަތުމަށް ގަސްތުކޮށް ބާޒާރު މައްޗަށް ނިކުތެވެ. މަގުމަތިން އެކުވެރިއަކާ ދިމާވެ, އެ ޒުވާނާ ދަނީ ކޮންތަނަކަށްހޭ އެ އެކުވެރިޔާ ސުވާލު ކުރިއެވެ. އެވަގުތު ތިމަންނާ މިދަނީ ބަކަރިއެއް ގަތުމަށް ކަމަށް އެޒުވާނާ ބުންޏެވެ.އެކަމަކު އެޒުވާނާ إن شاء الله  ނުކިޔައެވެ. އެވަގުތު އެ އެކުވެރިޔާ ޚުތުބާގެ މަތީން އޭނަގެ އެ ޒުވާން އެކުވެރިޔާއަށް ހަންދާންކޮށް ދިނެވެ. އެހެނަސް އެކަމަށް މާބޮޑު ފިކުރެއްނެތި ކީއްކުރާ إن شاء الله އެއްހޭ އަހަރެން މިދަނީ ގެރި ގައްނާށޭ، ލާރި އެބަހުއްޓޭ ، ގަންނަންދާނެހާ ހަކަތާއި ބާރުއެބަހުއްޓޭ ބުނުމަށް ފަހު އެޒުވާނާ ކުރިޔަށް ހިނގައިގަތެވެ. އޭނާއަށް ހީވެފައި އޮތީ  إن شاء الله އަކީ އަގެއްނެއް ބޭކާރު ލަފުޒެއްގެ ގޮތުގައެވެ.

ޒުވާނާއަށް އޭނަގެ މަންޒިލާ ހަމަޔަށް ދެވުނެވެ. ނަމަވެސް އޭނަގެ ފޮނި އުއްމީދުތައް ވިހާލެވިގެން ދިޔައެވެ. ބަކަރީގެ އަގު މާބޮޑެވެ. އޭނަގެ އަތުގައި އެހާ ފައިސާއެއް ނެތެވެ. ޒުވާނާ ވިޔަފާރިވެރިޔާގާތުން އަގު ކުޑަކޮށް ދިނުމަށް އެދި އާދޭސް ކުރިއެވެ. އެއްމެ ފަހުން އޭނާއަށް ގެރި އަގުހެޔޮކޮށްދޭން ވިޔަފާރި ވެރިޔާނިންމިއެވެ. އުފަލުން ފުރިފައިވާ ޒުވާނާ ފައިސާ ނަގަން ބެލިއިރު ކަމަކުދާކަށް ނެތެވެ. ފައިސާ ދަބަހެއް ނެތެވެ. ފައިސާތައް ގެއްލިއްޖެއެވެ. މޮޅިވެފައިވާ ޒުވާނާ ލަދުވެތިކަމާއެކު ވިޔަފާރިވެރިޔާއަށް ބަލައިލިއެވެ. ސުވާލުން ފުރިފައިވާ ވިޔަފާރިވެރިޔާ ބަކަރިގަންނާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރިއެވެ. އެވަގުތު ޒުވަނާ إن شاء الله އަންނަ ހަފުތާގައި ގަންނާނަމޭ ބުނެ ހިނގައިގަތެވެ.

ގެއަށް ދެވުމުން ޒުވާނާގެ އަނބިމީހާ ބަކަރި ކޮބައިތޯ ސުވާލު ކުރިއެވެ. އެވަގުތު ކަންހިނގިގޮތް ޒުވާނާ ތަފްސީލުކޮށް ކިޔައި ދިނެވެ.   إن شاء الله އޭ ނުކިއުމުގެ ނަތީޖާ ކިޔައިދިނެވެ. އަދި ބުންޏެވެ. ” إن شاء الله އަހަރެން އެބަކަރި ގަންނަން ބޭނުމެވެ. إن شاء الله އަހަރެންގެ ލާރިކޮޅު ގެއްލުނެވެ. إن شاء الله އަހަރެން އެބަކަރި އަންނަ ހަފުތާގައި ގަންނާނަމެވެ.”

ފިރިމީހިގެ ވާހަކަ އަޑުއެހުމަށް ފަހު އަނބިމީހާއަށް  ބޭއިޚްތިޔާރުގައި ހެވެން ފެށިއެވެ.އަދި إن شاء الله  ކިޔަނީ ކުރިއަށް ކުރަން ގަސްތުކުރާ ކަންކަމުގެ ވާހަކަ ދައްކާއިރުގައި ކަމަށާއި ވެނިމިފައިވާ ކަންތައްތަކުގެ ވާހަކަ ދައްކާއިރު إن شاء الله ކިޔަން ނުޖެހޭނެ ކަމުގައި ބުނެ އޮޅުން ފިލުވައިދިނެވެ. އޭގެ ފަހުން އެޒުވާނާ ދުވަހަކުވެސް إن شاء الله ކިޔަން ހަނދާން ނައްތާނުލައެވެ…

[މިއީ ކެނެޑާގެ ޓޮރޮންޓޯގެ ޝެއިޚެއް ކަމުގައިވާ ޝެއިޚް ވަޙީދުއްﷲ ކިޔާދީފައިވާ ހަޤީގީ ވާހަކައެއްގެ ތަރުޖަމާއެވެ.]