[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޖުތަމަޢަކީ ގުޅިލާމެހިފައިވާ އެކަތިގަނޑެކެވެ.

naseehaالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.
“މުސްލިމުންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ގުޅިލާމެހިފައިވާ އެކަތިގަނޑެކެވެ. އަދި މީހަކު (މުޖުތަމަޢާ) ވަކިވެގެން އެކަނި އުޅޭނަމަ، ހަވާ ނަފުސާއި އަދި ޝައިތާނާގެ ސަބަބުން (އީމާންކަން) ބަލިކަށިވާނެއެވެ. އުޚުއްވަތްތެރިކަމުގެ (އަޚުވަންތަކަމުގެ) ޙައްޤުތަކުގެ ތެރެއިން އޯގާތެރިކަމާއިއެކު ނަޞީޙަތާއި އަދި ހެޔޮކަން އެހެންމީހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

އަބޫބަކުރު އަލްމުޒަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އަބޫ ބަކުރު އައްޞިއްދީޤު ރަޟިޔަﷲ ޢަންހު އެހެން ބޭކަލުންގެ މައްޗަށް މާތް އިސް ބޭކަލެއްކަމުގައިވީ ރޯދައަކުން އަދި ނަމާދަކުން ނޫނެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އެއްޗެއްގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި ﷲއަށް ލޯބިވުމާއި އަދި ޚަލްޤުތަކުންނަށް (މީސްތަކުންނަށް) ނަޞީޙަތްދިނުން ވެއެވެ.”

އެހެންމީހުންނަށް ހިދާޔަތްދައްކަވާތޯ އެބައިމީހުން ނެތްތަނުގައި ދުޢާކުރުމަކީ، އެބައިމީހުން ދެކެލޯބިވާކަމާއި އަދި ނަޞީޙަތުގެ ތެދުވެރިކަން ހާމަކޮށްދޭ ކަމެކެވެ. އަދި ނަޞީޙަތްދެވޭ މީހާގެ މައްޗަށް އޮތީ ނަޞީޙަތް ބަލައިގަނެ، އެކަމުގެ މައްޗަށް އުފާކޮށް އޭނާގެ ކުށް އެނަޞީޙަތުން ރަނގަޅުކުރުމެވެ. ތިބާގެ ޞިފަތައް ފުރިހަމަވެ، އަދި ޢައިބުތައް(ކުށްތައް) ތިބާގެ ކިބައިން ފިލުވާލަން އެދޭ މީހާއަކީ ތިބާދެކެ ޙަޤީޤަތުގައި ލޯބިވާ މީހެކެވެ. އޭނާގެ ނަޞީޙަތް ބަލައިގަންނާށެވެ. އަދި އޭގެ ހެޔޮބަދަލު އޭނާއަށް އެންމެކުޑަމިނުން ހެޔޮދުޢާކޮށްދިނުމުން ނަމަވެސް ދޭށެވެ.”
وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ

_____________
މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.