[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުބައިކަން (އެއްކޮށް) ފިލައިގެން ދިޔުމަކީ ލާޒިމުކަމެއްނޫނެވެ.

Untitledالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.
“ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމުގެ ހަމައެކަނި މަޤާޞިދަކީ(މަޤުޞަދުތަކަކީ) ނުބައިކަން ހަމައެކަނި ފިލުވައިލުމެއްނޫނެވެ. ނަމަވެސް އޭގެ މަޤުޞަދުތަކުގެ ތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ މިއަޅުކަން މަތީގައި ޤާއިމުވުން ހިމެނެއެވެ. އެކަމުގެ ސަބަބުން އެހެން އަޅުކަންތަކުގައިވެސް ޝަރުޠުވެގެންވާ، ﷲއަށް އިޚުލާސްތެރިވުން މިއަޅުކަމުގައިވެސް ހިމެނެއެވެ.

އަދި އެޝިޢާރު ޤާއިމުކުރުމުގެ ސަބަބުން ނުބައިކަން އެއްކޮށް ފިލައިގެން ހިނގައްޖެނަމަ އެއީ އެކަމަށް އަމުރުކުރިމީހުންނަށާއި އަދި އަމުރުކުރެވުނު މީހުންގެ މައްޗަށް ﷲގެ ޙަޟްރަތުންވާ ފަޟުލުވެރިކަމެކެވެ. އަދި މީސްތަކުންގެ ހިތްތައްވަނީ ﷲގެ އަތްޕުޅުގެ މަތީގައި އެކަންޏެވެ. އެއިލާހު ބޭނުންވެ ވޮޑިގަންނަވާ އަޅަކަށް ނުބައިކަމުން ދުރުވުމާއި ހެޔޮކަންކަން ކުރުމަށް ފަޟުލުވެރިކޮށްދެއްވައެވެ.
ﷲ ސުބުޙާނަހޫ ޢައްޒަ ވަޖައްލަވަ ވަޙީކުރައްވާފައިވެއެވެ.

(إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ ۚوَهُوَ أَعْلَمُ بِالْمُهْتَدِينَ) (1)
މާނައިގެ ތަރުޖަމާއީ:” ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ)، ކަލޭގެފާނު ލޯބިފުޅުވެވަޑައިގަންނަވާ ބޭފުޅުންނަށް ހިދާޔަތު ނުދެއްކެވޭނެއެވެ. ނަމަވެސް ﷲ (ސުބުޙާނަހޫ ވަތަޢާލާ) އެއިލާހު ބޭނުންވެވޮޑިގަންނަވާ އަޅަކަށް ހިދާޔަތު ދައްކަވައެވެ. އަދި ހިދާޔަތްލިބިގެންވާމީހުން އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ އެއިލާހެވެ.”
އަދި އެނުބައިކަމެއް ފިލުވައިނުލެވުމަކުން އެމަތިވެރިވެގެންވާ އަޅުކަން(ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން) ކެނޑިގެން ނުދެއެވެ. ނަމަވެސް މުސްލިމުން ޙިކުމަތާއި އަދި ހެޔޮވެގެންވާ ނަޞީޙަތާއިއެކު ﷲއާއި ކުއްތަންވުމަށްޓަކައި އެއަޅުކަން އަދާކުރުން މަތީ ގާއިމުވުން ދެމިގެންދާނެއެވެ.” (2)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ.
____________
(1) سورة القصص: 56
(2) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.