[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު އައްޝާފިޢީ (محمد بن إدريس الشافعي) – 3

imam shafii

އެކަލޭގެފާނުގެ ސިފަފުޅު- رحمه الله –

إبراهيم بن مرادގެ އަރިހުން أبو نعيم ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ޝާފިޢީގެފާނަކީ އިސްކޮޅުންދިގު މޫނުމަތިން މާތްކަންފާޅުވާ ބިޔަ ހަށިގަނޑެއްގެވެރިއެކެވެ.”[1]

އަދި الزعفران ވިދާޅުވިއެވެ.

“ޝާފިޢީގެފާނަކީ، ތުނބުޅިފުޅުގައި ހީނާއަޅުއްވާ ތުނބުޅިފުޅުގައި އިސްތަށި މަދުބޭފުޅެކެވެ.”[2]

އަދި المزني ވިދާޅުވިއެވެ.

“ޝާފިޢީގެފާނުގެ މޫނަށްވުރެ އުޖާލާ މޫނެއް ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ. ފަހަރެއްގައި މުށަކުން ހިއްޕަވާ ތުނބުޅި ކޮށްޓަވާކަމުގައި ވެދާނެއެވެ. އަދި މުށަކަށްވުރެ އިތުރަށް ތުނބުޅިފުޅު ދިގުނުކުރައްވައެވެ.”[3]

___________________________

[1] تاريخ الإسلامية للإمام الذهبي, تحقيق د.عبد السلام تدمير, حوادث ووفيات (201-301), صفحة (310)

[2] تاريخ الإسلامية للإمام الذهبي, تحقيق د.عبد السلام تدمير, حوادث ووفيات (201-301), صفحة (310)

[3] تاريخ الإسلامية للإمام الذهبي, تحقيق د.عبد السلام تدمير, حوادث ووفيات (201-301), صفحة (310)