[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު އައްޝާފިޢީ (محمد بن إدريس الشافعي) – 12

imam shafii

އަވަހާރަވުން -رحمه الله-

ربيع بن سليمانވިދާޅުވިއެވެ. ޝާފިޢީ -رحمه الله- ދުނިޔެ ދޫކުރެއްވީ ހުކުރުވިލޭރެއެއްގެ މަޣުރިބުފަހުގައެވެ. އެހިނދު ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހުގައިވީމެވެ. އަދި އެކަލޭގެފާނު ފަސްދާނުލެވުނީ ހުކުރުދުވަހުގެ ޢަޞުރުފަހުންނެވެ. އެއީ ރަޖަބުމަހުގެ އެންމެ ފަހުދުވަހެވެ. ފަހެ ތިމަންބޭކަލުން އެކަލޭގެފާނުގެ ޖަނާޒާއިން އަވަދިވެގެން ނުކުމެވަޑައިގެންނެވިހިދު، ތިމަންބޭކަލުންނަށް (ހިޖުރައިން) ދުއިސައްތަ ހަތަރުވަނަ އަހަރުގެ ޝަޢުބާންމަހުގެ ހުޅެވިހަނދު ފެންނަން ހުއްޓެވެ.”[1]

އެހެންކަމުން އެކަލޭގެފާނު ދުނިޔެއިން ވަކިވެވަޑައިގެންނެވިއިރު އުމުރުފުޅަކީ ފަންސާސް ހަތަރު އަހަރެވެ.

ޝާފިޢީ-رحمه الله- އުމުރުފުޅު ކުރުކަމުގައިވީނަމަވެސް، އެކަލޭގެފާނުގެ ދީންވެރިކަމާއި އަޅުވެރިކަމާއި ދީލަތިކަމާއި ވަރަޢަވެރިކަމާއި ބިރުވެތިކަމާއި ފަޞާޙަތްތެރިކަމާއި ސަމާޙަތްތެރިކަމާއި ޢިލްމުވެރިކަމާއި ކަރާމާތްތެރިކަމާއި ހުނަރުވެރިކަމާއި މާތްކަމާއި މަތިވެރިކަން ބަޔާންކުރައްވާ ވާރިދުވެފައިވާ ރިވާޔަތްތަށް ގިނަގުނައެވެ. ނަމަވެސް ﷲގެ ވާގިފުޅާއެއްކޮށް މިލިޔުމުގައި ހިމަނާލަން ޤަޞްދުކުރި މިންވަރު، މިވަރުން ފުއްދާލަމެވެ.

وصلي الله وسلم وبارك علي المبعوث رحمة للعالمين، وآل بيته الطيبين، وأصحابه الغُرِّ الميامين، وآخر دعوانا أن الحمد لله رب العالمين.

-ނިމުނީ-

________________________________

[1] السابق (2/296)