[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަލާއިކަތުންނަށް އީމާންވުން.

ޝުޢަބުލް އީމާނުގައި އަލް އިމާމުލް ބައިޙަޤީ ވިދާޅުވެފައިވާކަމަށް އަލް އިމާމް ސުޔޫޠީ ރިވާ ކުރައްވާފައިވެއެވެ. މަލާއިކަތުންނަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ

  1. އެ މަލާއިކަތުންނަކީ ޚަލްޤުކުރެވި ވުޖޫދުގައިވާ ބައެއްކަން ޤަބޫލުކުރުން
  2. ކޮންމެ މަލާއިކަތަކަށްވެސް އެމަލާއިކަތަތަކަށް ޙައްޤު ވެގެންވާ ޤަދަރާއި އިޙްތިރާމް ދިނުމާއި، އަދި އެ މަލާއިކަތުންނަކީ މާތްﷲ އަޅުންކަމުގައި ޤަބޫލު ކުރުމާއި، އަދި އެއީވެސް އިންސީންނާއި ޖިންނީންފަދަ މާތްﷲ އުފެއްދެވި މަޚްލޫޤުންކަމަށް ޤަބޫލު ކުރުމާއި، އަދި އެ މަލާއިކަތުންނަށް ކުޅަދާނަކަން ލިބިގެންވަނީ ހަމަ އެކަނި މާތްﷲ އެ މަލާއިކަތުންނަށް ބާރު ދެއްވާ ކުޅަދާނަކަން ދެއްވި ކަމެއް ކުރުން ކަން ޤަބޫލުކުރުމާއި، މަލާއިކަތުންވެސް މަރުވާނެކަމާއި އެހެންނަމަވެސް އެ މަލާއިކަތިންނަށް މާތްﷲ ދިގު ޢުމުރެއް ދެއްވާފައިވާކަމާއި، އެއްވެސް މަލާއިކަތެއް އެ މަލާއިކަތެއްގެ އަޖަލު ހަމަ ވެއްޖައުމަށް ދާންދެން މަރުނުވާނެކަން ޤަބޫލު ކުރުމާއިއެކު އެއްވެސް ޙާލެއްގައި އަދި އެއްވެސް ސިފައެއްގައި އެ މަލާއިކަތުން މާތްﷲ ގެ ރަސްކަންފުޅާއި ބައިވެރިކޮށް ޝަރީކު ނުކުރުމެވެ. ޤަދީމީ ޒަމާނުގެ ބައެއް އާދަ ކާދަ ތަކާއި ކުރީގެ ބައެއް ޙަޟާރާތްތަކުގެ އަހުލުވެރީން ބުނެ އުޅުނު ފަދައިން އެ މަލާއިކަތުންނަކީ އިލާހުން ކަމުގައި އެއްވެސް ގޮތަކަށް ބުނެ އަދި ޤަބޫލު ނުކުރުމެވެ.
  3. މަލާއިކަތުންގެ ތެރޭގައި އިންސާނުންގެ ތެރެއިން މާތްﷲ އިރާދަ ކުރެއްވާ އަޅެއްގެ ގާތަށް ފޮނުއްވާ ރަސޫލުން ވާކަން ދަންނަން ޖެހޭނެއެވެ. އަދި އެހެނިހެން ކަންކަމާއި ވަޒީފާތައް ޙަވާލލުކުރެވިފައިވާ މަލާއިކަތުންނާއި އެހެނިހެން ތަންތަނާއި ފަރާތްތަކަށް ފޮނުވާ މަލާއިކަތުންވެއެވެ. އެގޮތުން މަތިވެރި ވެގެންވާ ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، ސަފުސަފަށް އެތުރިގެން ކޮޅަށް ތިއްބަވާ ތަފާތު މަޤަމާއި ދަރަޖަ ތަކުގެ މަލާއިކަތުންނާއި، ސުވަރުގެއާއި ނަރައާއި ޙަވާލުވެގެން ތިއްބަވާ މަލާއިކަތުންނާއި، އިންސާނުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުންނާއި ވިލާތައް ޙަރަކާތްތެރި ކުރުވާ މަލާއިކަތުން ތިއްބަވައެވެ. ކީރިތި ޤުރުއާނުގައި މަލާއިކަތުންނާއި ބެހޭ ގޮތުން ބަޔާން ކުރައްވާފައިވެއެވެ.