[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ސިލްސިލާ 14: (ﷲ سبحانه وتعالىގެ 99 އިސްމުފުޅު)

الحمد لله والصلاة على رسول الله وعلى آله وصحبه أجمعين.

ދަޢުވަތު ސިލްސިލާގެ މިޕޯސްޓަރަކީ ޢަޤީދާއާ ގުޅުން ހުރި ޕޯސްޓަރެކެވެ. ﷲތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ދެނެގަތުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި މިކަން ކުރަންޖެހޭނީ ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުގެ އަލީގައެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި އާންމުކޮށް ގެންގުޅޭ މުޞްޙަފުތަކުގައި، ކީރިތި ޤުރުއާނުގެ ސޫރަތްތައް ނިމުމުން ﷲ ތަޢާލާގެ އިސްމުފުޅުތައް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ވަރަށް ގިނަ މުޞްޙަފުތަކުގައި ހިމެނިފައިވާ އިސްމުފުޅުތަކަކީ ކީރިތި ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުން ޘާބިތުވެފައިވާ އިސްމުފުޅުތަކެއްނޫނެވެ.

އެގޮތުން މިޕޯސްޓަރުގެ އެންމެ ބޮޑު މަޤްޞަދަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން  ޞައްޙަމަގުން ޘާބިތުވެފައިވާ އިސްމުފުޅުތައް ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމު އަޚުންނަށާއި އުޚްތުންނަށް ބަޔާންކޮށްދިނުމެވެ.

ދުޢާއަކީ، މި ޕޯސްޓަރުގެ ފައިދާ ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދެއްވުމެވެ.

(ނޯޓު: މިޕޯސްޓަރު އަޞްލު ތައްޔާރުކުރެވިފައިވާނީ ކުލަކޮށް A3 ސައިޒުން ޕްރިންޓު ކުރުމަށެވެ. މިޕޯސްޓަރަށް އުނި އިތުރުކުރުމެއް ނެތި ހިލޭ ބެހުމުގެ ހުއްދަ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.)

 DOWNLOAD JPG

DOWNLOAD PDF