[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުންޔާ (އަބޫ ނުވަތަ އުންމު ކުރިޔަށްލައިގެން ކިޔޭ ނަންތައް…) 1

kunya

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

ކުންޔާއަކީ އަމިއްލަ ނަމާއި ލަޤަބު ފިޔަވާ “އަބޫ” ނުވަތަ “އުންމު” ކުރިއަށް ލައިގެންކިޔޭ ކޮންމެ ނަމެކެވެ. މިގޮތުން ކުންޔާ ކިޔައި އުޅެނީ، ލަޤަބާއި ޚިލާފަށް، މީހަކަށް މަދަހަކިޔުމުގެ ގޮތުން ނުވަތަ މާތްކޮށްހިތުމުގެ ގޮތުންނެވެ. އެއާ ޚިލާފަށް މީހަކަށް މަދަހަ ކިޔުމުގެ ގޮތުންވެސް ނުވަތަ މީހަކު ދަށްކޮށް ނިކަމެތިކޮށްލުމުގެ ގޮތުންވެސް ލަޤަބު ކިޔައިފާނެއެވެ.

އެމީހަކީ ކާކުކަން އެނގެނީ ހަމައެކަނި ކުންޔާއިން ކަމުގައިވާނަމަ ނުވަތަ މަސްލަޙަތުހުރީ ކުންޔާ ބޭނުންކުރުން ކަމުގައިވާނަމަ ނުވަތަ އެމީހެއްގެ އަޞްލު ނަމަކީ ޝަރީޢަތާއި ޚިލާފު ނަމެއް ކަމުގައިވާނަމަ، އެޙާލަތުގައި ފާސިޤުންނަށާއި ކާފިރުންނާ އަދި ބިދުޢަވެރިންނަށްވެސް ކުންޔާއިން ނަން ދެވިދާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴾ [المسد:١]

މާނައީ: “އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”

އަލްއިމާމު ނަވަވީ رحمه الله އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “الأذكار”ގައި ބާބެއް ބަންނަވަމުން ވިދާޅުވެފައިވެއެވެ.

ކާފިރުންނާއި ފާސިޤުންނާއި ބިދުޢަވެރިންގެ ތެރެއިން އެމީހަކީ ކާކުކަން އެނގެނީ ހަމައެކަނި ކުންޔާއިން ކަމަށްވެފައި، ނުވަތަ އެމީހެއްގެ އަޞްލު ނަން ބޭނުންކުރުމުން ފިތުނަވެރިކަމެއް އުފެދިދާނެކަމަށް ބިރުވެތިވާނަމަ އެމީހުންނަށް ކުނިޔާއަކުން ނަން ކިޔުން ނަންގަތް ބާބު:

ﷲތަޢާލާ ވަޙީކުރެއްވިއެވެ.

﴿ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴾ [المسد:١]

މާނައީ: “އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”

އަބޫ ލަހަބުގެ އަޞްލު ނަމަކީ ޢަބްދުލް ޢުއްޒާއެވެ.

ބުނެވެއެވެ. މި އާޔަތުގައި އޭނާގެ ނަން ކުންޔާއިން ޛިކުރު ކުރައްވާފައިވަނީ، މީހުންގެ ތެރޭގައި އޭނާގެ ނަން މަޝްހޫރުވެފައިވަނީ ކުންޔާއިން ކަމަށް ވެފައި، މީހުންނަށް އޭނާ އެނގެނީ އޭނާގެ ކުންޔާއިން ނަންގަނެވުމުން ކަމުގައިވާތީއެވެ.

އަދި ބުނެވެއެވެ. އޭނާގެ ނަން އާޔަތުގައު ކުންޔާއިން ޛިކުރު ކުރެވިފައިވަނީ، އޭނާގެ އަޞްލުނަމަކީ ބުދަކަށް ނިސްބަތްކޮށްފައި ނަމަކަށް ވާތީއެވެ. (ޢަބްދުލް ޢުއްޒާގެ މާނައަކީ ޢުއްޒާގެ އަޅެވެ. ޢުއްޒާއަކީ މައްކާގެ މުޝްރިކުން އަޅުކަން ކުރުމަށްޓަކައި ހަދައިފައިވާ ބުދަކަށް ކިޔާނަމެކެވެ.)

އަދިވެސް އިމާމް ނަވަވީ رحمه الله ގެ ބަސްފުޅެއްގައި ވެއެވެ.

“ޙަދީޘް ބަސްފުޅުތަކުގައި ކުންޔާއިން އަބޫ ޠާލިބުގެނަން ތަކުރާރުކޮށް އައިސްފައި އެބަ ހުއްޓެވެ. ނަމަވެސް އަބޫ ޠާލިބުގެ އަޞްލު ނަމަކީ ޢަބްދު މަނާފް އެވެ. އަދި ޞަޙީޙުގައި ވެއެވެ. “هذا قبرُ أبِي رِغال” މާނައީ: “މިއީ އަބޫ ރިޣާލުގެ ޤަބުރެވެ.” މިފަދައިން ކާފިރުންނަށްވެސް ކުންޔާ ބޭނުންކުރައްވާފައިވާ މިޘާލުތަށް ގިނަގުނައެވެ. މިފަދައިން ކުންޔާ ބޭނުން ކުރެވޭހުށީ ކުރިން އަހަރެމެން ތަރުޖަމާގައި ބަޔާންކުރި ޝަރުޠު ފުރިހަމަ ވާނަމައެވެ. އެ ޝަރުޠު ފުރިހަމަ ނުވާނަމަ ނަމަށް އެއްޗެއް އިތުރެއް ނުކުރެވޭނެއެވެ.”

އިމާމް ނަވަވީ ގެ ބަސްފުޅު ނިމުނީ… [الأذكار / ص: ٢٩٦ ] 

މިތާނގައިމިވާ އަބޫ ރިޣާލަކީ، ގެފުޅު މުގުރާލުމަށް އަބްރަހާ މައްކާއަށް އައުމުން އެކަމުގައި އޭނާއަށް ޢަރަބިންގެ ތެރެއިން އެހީތެރިކަން ދިން މީހެކެވެ. އޭނާ މަރާލެވިފައިވަނީ ރަޖަމުކޮށްގެންނެވެ.

ކުންޔާއަކީ، ދަރިއަކަށް ނިސްބަތްކޮށް ކިޔާފައިވާ ކުނިޔާއަކަށް ވުން ކޮންމެހެން ލާޒިމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ދިރުން ނުހުންނަ އެއްޗެއްސަށް ނިސްބަތްކޮށްވެސް އަދި ހައިވާނުންނަށް ނިސްބަތްކޮށްވެސް ކުންޔާ ކިއިދާނެއެވެ. މިޘާލަކަށް އަބޫ ޠުރާބު، މިއީ ދިރުން ނުހުންނަ އެއްޗަކަށް ނިސްބަތްކޮށް ދެވިފައިވާ ކުނިޔާއެކެވެ. ޠުރާބަކީ ހިރަފުހެވެ. އަދި އަބޫ ހިއްރު ނުވަތަ އަބޫ ހުރައިރާ މިއީ ހައިވާނަކަށް ނިސްބަތްކޮށް ދެވިފައިވާ ކުނިޔާއެކެވެ. ހިއްރު ނުވަތަ ހުރައިރާ އަކީ ބުޅަލެވެ.

އަދި ކުންޔާއަކީ، ތިމާއަށް ލިބިފައިވާ ދަރިއަކަށް ނިސްބަތްކޮށް ކިޔާފައިވާ ކުނިޔާއަކަށްވުންވެސް ލާޒިމެއްނޫނެވެ. މިސާލަކަށް ” أبو بكر الصدِّيق “، އަބޫ ބަކުރު رضي الله عنهގެ ބަކުރު ކިޔާ ދަރިކަލެއް ނުހުންނަވައެވެ.

-ނުނިމޭ-

މަސްދަރު: http://islamqa.info/ar/114158

މިލިޔުމުގެ އެހެންބައިތައް