[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ޚުޠުބާ ކިޔާމީހާ ނޫން އެހެން މީހަކު ހުކުރު ނަމާދު ކުރުން

ސުވާލު: ހުކުރު ދުވަހެއްގައި ޚަޠީބު ޚުޠުބާ ދީ ނިމުމުން ޖަމާޢަތުގެ ނަމާދުކުރުމަށްޓަކައި ޚަޠީބު ނޫން މީހަކު އިސްކުރިއެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

———————————————————————————-
ޖަވާބު: ޚަޠީބަކީ ވަކި މީހަކު ކަމުގައި އަދި ނަމާދުކުރާ މީހަކީ ވަކި މީހަކު ކަމުގައިވުމަކުން އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.  އެކަމަކު އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ޚަޠީބު ނަމާދުވެސް ކުރުމެވެ. އެއީ އެންމެ މޮޅު އިތުރު ގޮތެވެ. ޚަތީބު ނޫން މީހަކު އިމާމުވެ ނަމާދު ކުރިޔަސް އިން ޝާ ﷲ އެކަމުގައި މައްސަލައެއް ނެތެވެ.
= މިއީ ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް ބިން ބާޒް ރަޙިމަހުﷲ ދެއްވާފައިވާ މި ފަތުވާގެ ތަރުޖަމާއެވެ.=