[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الهمزة ގެ ތަފްޞީރު – 4

(فِي عَمَدٍ مُّمَدَّدَةٍ)

މާނަ: “(ނަރަކައިގައިވާ) ދިގުވެގެންވާ ތަނބުތަކަކުން (އެބައިމީހުންނަށް ޢަޒާބުދެއްވެވެއެވެ).”

އެބަހީ : އެ ބަންދުކުރެވިފައިވާ ނަރަކަ ވެއެވެ. އަދި އެތަނުގެ ހުރިހާ ބިތްތަކަށާއި ކަންކަނަށް ދަމާލެވިފައިވާ ތަނބުތަކެއް އެތަނުގައިވެއެވެ. އެއީ އެތަން ހުޅުވުމަށާއި ނުވަތަ އެތަނުން އެއްވެސް މީހަކަށް ނުކުތުމަށް ކުޅަދާނަ ނުވުމަށްޓަކައެވެ.

އެއްވެސް ޙާލަތެއްގައި ﷲ ސުބްޙާނަހު ވަތަޢާލާ އަޅުގަނޑުމެންނަށް ކީރިތި ޤުރުއާންގެ ޒަރީއާއިން މި ވާހަކަތައް ކިޔުއްވައި ދެއްވައި ބަޔާންކުރައްވާފައި މިވަނީ ހަމައެކަނި އަޅުގަނޑުމެން މި އާޔަތްތައް އަހަރެމެންގެ ދުލުން ކިޔާލައި ނުވަތަ އަހަރެމެންނަށް ފަހުމުވާގޮތަށް މާނަ ދަސްކުރާކަށްނޫނެވެ. ނަމަވެސް އެންމެ މުހިއްމު ކަމަކީ މި އާޔަތްތަކުގައި އެއިލާހު ޒިކުރު ކުރައްވާފައިވާ އަންނަނިވި އެންމެހައި ހުތުރު ޞިފަތަކާއިމެދު ސަމާލުވެ އެ ޞިފަތަކުން ދުރުހެލިވުމެވެ: ބުނާ ބަހުންނާއި ކުރާ ޢަމަލުން މީސްތަކުންގެ ޢަޢިބުކިޔުމާއި، މުދަލަކީ އިންސާނާ ދުނިޔޭގައި އަބަދަށް ދެމެހެއްޓުމަށްޓަކައި ޚަލްޤުކުރެއްވި އެއްޗެއްފަދައިން ނުވަތަ އޭނައަށްޓަކައި އެމުދާ އަބަދަށް ދެމިހުންނާނެ ފަދައިން ޖަމާކުރުމަށް ސަމާލުކަންދީ އުޅުމެވެ. އެހެންކަމުން މިފަދައިން ޙާލަތުވާމީހާގެ ޖަޒާއަކީ ﷲ ތަޢާލާ ޞިފަކުރައްވާފައި މިވާ ފަދައިން ނަރަކައެވެ. އެއީ ފުނޑުފުނޑުކޮށްލަނިވި، ހިތްތަކާއި ހިސާބަށް ހޫނުވެގެންދާ، ބަންދުކުރެވިފައިވާ އަދި ދަމާލެވިފައިވާ ދިގު ތަނބުތައް ވާތަނެކެވެ.

އަހަރެމެން އެ ނަރަކައިން ރައްކާތެރިކޮށްދެއްވުންއެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި ބުނާ ބަހުގައާއި ކުރާ ޢަމަލުގައި އިޚްލާޞްތެރިކަންދެއްވައި ދީންމަތީގައި ޘާބިތުކޮށްދެއްވުން އެދި ދަންނަވަމެވެ.

– ނިމުނީ-

މަސްދަރު : –  ފަޟީލަތުއްޝައިޚު އަލް ޢައްލާމާ މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ގެ  ތަފްޞީރު –

ކުރީގެބައި ކިޔުއްވުމަށް