[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العاديات ގެ ތަފްސީރު – 3

﴿وَإِنَّهُ﴾ އެބަހީ އިންސާނާއީ ﴿لِحُبِّ الْخَيْرِ لَشَدِيدٌ﴾ “މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.” ‘الْخَيْر’ އެއީ މުދަލެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ﴾ [سورة البقرة: 180] އާޔަތުގެ މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރުއައިސް ހާޒިރުވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ.” އެބަހީ އޭނާ މުދާތަކެއް ދޫކޮށްފައިވީނަމައެވެ. ފަހެ [މިތާންގައި] ‘الْخَيْر’ އަކީ މުދަލެވެ. އަދި އިންސާނުން މުދަލަށް ލޯބިކުރުމަކީ ފާޅުވެ ބަޔާންވެގެންވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވާފައި ވެއެވެ. ﴿وَتُحِبُّونَ الْمَالَ حُبًّا جَمًّا﴾ [سورة الفجر: 20] މާނައީ: “އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.”

މުދަލާމެދު ގަދައަށް ލޯބިނުކުރާ މަދުބަޔަކު މެނުވީ ތިބާއަށް ނުފެންނަހުއްޓެވެ. ދެންފަހެ އާންމުކޮށްވާ ލޯބިކުރުން ދަންނައެވެ. ފަހެ އެއީ އެންމެންގެ ކިބައިގައިވެސް ވާކަމެކެވެ. މުދަލަށް ލޯބިނުކުރާ ހަމައެކަކުވެސް ނުވެއެވެ. ނަމަވެސް އެކަން ބޮޑަށް ހުރުމަކީ އެންމެންގެ ކިބައިގައި ވާކަމެއް ނޫނެވެ. ބައެއް މީހުން އޭނާއަށް ފުދޭވަރަށް މުދާވެރިވުމަށް ލޯބިކުރުއެވެ. އަދި ﷲ ގެ އަޅުތަކުންގެ ކިބައިން އޭނާ އެއިން ފުއްދައިލައެވެ. އަދި އަނެއްބަޔަކު ގިނައިން ބޭނުންވެއެވެ. އަދި އަނެއްބަޔަކު ތަނަވަސްކަމުގެ މައްޗަށް ތަނަވަސްކަން އެދެތެވެ.

ފާހަގަކުރަން ޖެހޭ ކަމަކީ ކޮންމެ އިންސާނަކީވެސް ‘الْخَيْر’ އަށް، އެބަހީ މުދަލަށް ލޯބިކުރާ މީހެކެވެ. ނަމަވެސް ބޮޑުކުޑަމިން ތަފާތުވެގެން ވެއެވެ. އަދި އެކަމުގައި މީސްތަކުންގެ ތެރެއިން އެކަކު އަނެކަކާވެސް ތަފާތުކަން ހުރެއެވެ.

އެއަށްފަހު ﷲ ތަޢާލާވަނީ، އެކަމެއް ލައިނުގަނެ ނުދާނޭ ޙާލަތެއް އިންސާނާއަށް ހަނދުމަކޮށްދެއްވާފައެވެ. ވަޙީ ކުރެއްވިއެވެ: ﴿أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ﴾ މާނައީ: “ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، ފަހެ އެއިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟” ފަހެ އެކަމަށްޓަކައި އޭނާ މަސައްކަތްކުރެއެވެ. އަދި އޭނާގެ މަޤްޞަދަކަށް މުދާވެރިކަން ނުވެއެވެ. ﴿أَفَلَا يَعْلَمُ﴾ އެބަހީ: އޭނާ ދެނެހުރެއެވެ. ﴿إِذَا بُعْثِرَ مَا فِي الْقُبُورِ﴾ އެބަހީ: ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތަށް [ދިޔުމަށްޓަކައި] މީސްތަކުން ކަށްވަޅުތަކުން ނުކުންނާނެކަން ފާޅުވެ ބަޔާންވެގެން ވެއެވެ. ފެތުރިގަނެގެންދާ ގޮށްފުޅަނގިތަކެއް ފަދައިންނެވެ. ބިރުވެރި އެންމެ އަޑަކުން އެބައިމީހުން ނުކުމެގަނެއެވެ. ﴿إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ﴾ [سورة يونس: 53] މާނައީ: “ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ ޙަޟްރަތަށް ހާޒިރު ކުރައްވާފައެވެ.”

 -ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العاديات ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް